ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮންމެ ދުވަހަކުވެސް އިރުއަރައި އޮއްސިގެން ދާއިރު އަލަށް އެކި ކަންކަން މިސަރުކާރުގައި ކުރިއަށްދޭ: އިބްރާހިމްދީދީ

ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމްދީދީ/ ފޮޓޯ: މަޖިިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮންމެ ދުވަހަކުވެސް އިރުއަރައި އޮއްސިގެން ދާއިރު އަލަށް އެކި ކަންކަން ފެށިގެންދާ ކަމަށާއި، މި ސަރުކާރުން ރައްޔިތުންނަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމްދީދީ ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ރަށެއްގެ ރަށްވެއްސަކަށް ވުމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާ ގުޅޭގޮތުން ވާހަކަދައްކަވަމުން ދީދީ ވިދާޅުވީ، އެ ބިލުގެ ކަންކަން އެއްވެސް ގޮތަކަށް ސާފުނުވާ ކަމަށެވެ. މެމްބަރުގެ ދާއިރާގައިވެސް މީހުން އެއް ދާއިރާއިން އަނެއް ދާއިރާއަށް ބަދަލުވާކަން ފާހަގަކުރައްވައި، އިންތިހާބުތަކުގައި ދާއިރާތައް ބަދަލުކުރެވޭ ގޮތަށް އޮތް އޮތުމަކީ ކޮން ބަދަލެއްކަން އެނގިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އިދިކޮޅު އެމްޑީޕީއަށް ފާޑުވިދާޅުވަމުން ދީދީ ވިދާޅުވީ، އެ ޕާޓީން އަބަދުވެސް ކުއްލި ކުއްލިއަށް އެކި ބަދަލުތައް ގެންނަ ކަމަށެވެ. އެގޮތުން ”އަނެއް ދިވެހިރާއްޖެ“ އާއި ”އެޖެންޑާ 19“ ފަދަ ޝިއާރުތަކުގެ ދަށުން މަސައްކަތް ކުރި ނަމަވެސް، އެ ހުރިހާ ކަމެއްވެސް ނިމިގެންދިޔައީ އެއްވެސް ނަތީޖާއެއް ނުނެރެވި ”އުނބަން ޖަހައިގެން“ ކަމަށް އޭނާ ސިފަކުރެއްވިއެވެ.

”އެއްކަލަ ދިވެހިރާއްޖެއަކަށް، އަނެއް ދިވެހިރާއްޖެއަކަށް ނުދެވުނު، ހަމަ އުނބަން ޖެހީ. އެޖެންޑާ 19 އަކަށްވެސް ނުވި. ހަމަ އުނބަން ޖެހީ. މި ބޭފުޅުން މި ވާހަކަ ދައްކަވަނީ އުނބަން ޖަހަނީއޭ. އެހެންވީމާ މި ބޮޑު ބަދަލުވެސް މިއީ ހަމަ އެހެން. މަޖިލީހަށް އެކި އެއްޗެހި ހުށަހަޅަމުން ގޮސް ދެން ހުށަހަޅާނެ އެއްޗެއް ނޭނގޭ،“ އިބްރާހިމްދީދީ ވިދާޅުވިއެވެ.

ރާއްޖޭގެ ރައްޔިތުން އަދިވެސް އުޅެނީ އެއްތަނުން އަނެއް ތަނަށް ބަދަލުނުވެވިގެން ކަމަށް ފާހަގަކުރައްވައި، މިއީ ބޮޑު ބަދަލެއްތޯ ދީދީ ވަނީ ސުވާލު އުފައްދަވާފައެވެ. އަދި އެމްޑީޕީގެ މެމްބަރުން ކުރައްވާނެ ކަމެއް ނެތިގެން އުޅުއްވާނަމަ، ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މަސައްކަތްތައް ދިރާސާކޮށް އެކަންކަން ރައްޔިތުންނަށް ގެނެސްދިނުމަށް އޭނާ އެދިވަޑައިގަތެވެ.

މެމްބަރުގެ ވާހަކަ ނިންމަވާލައްވަމުން ވިދާޅުވީ، ރައީސް ކުރައްވާ މަސައްކަތްތައް ފެނުމުން ރައްޔިތުން އުފާކުރާނެ ކަމަށެވެ. އަދި ކޮންމެ ދުވަހަކުވެސް އާ ކަންތައްތަކެއް ފެށިގެންދާކަން ފާހަގަކުރައްވައި، ނުވާނެ ކަންކަން މަޖިލީހަށް ހުށަހެޅުމުގެ ބޭނުމެއް ނެތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: