ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލުހުންގެ ހައްގުގައި އިހުލާސްތެރިކަމާއެކު މަސައްކަތް ކޮށްދޭނަން: ސީޕީ

ކޮމިޝަނާ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ އިސްނަންގަވައިގެން ދިވެހި ފުލުހުންނަށް އިންގިލާބީ ކުރިއެރުމެއް ގެނެސްދެއްވަން މަސައްކަތްޕުޅު ކުރައްވާއިރު، ފުލުހުންގެ ހައްގުގައި އިހުލާސްތެރިކަމާއެކު މަސައްކަތް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ކޮމިޝަނާ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ދެއްވައިފިއެވެ.

ސީޕީ މި ޔަގީންކަން ދެއްވީ ފުލުހުންގެ 93 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ސޯޝަލް ސެންޓަރުގައި ރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ޖަލްސާގައި ވާހަކަ ދައްކަވަމުން ސީޕީ ވިދާޅުވީ ގެދޮރުގެ ދަތިކަމާއި، ބޯހިޔާވަހިކަމާއި، ތައުލީމާއި ފަންނީ ކުރިއެރުންތަކުގެ ދާއިރާގެ އިތުރުން، މުއައްސަސާއަށް ބޭނުންވާ ޓެކްނޮލޯޖީ އާއި ވަސީލަތްތަކާއި އުމްރާނީ ކުރިއެރުންތައް ހޯދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޚާއްސަ އިސްކަމެއް ދެއްވާ ކަމަށެވެ. އަދި ފުލުހުންގެ ހައްގުތައް ކަށަވަރުކޮށްދިނުމުގައި ސަރުކާރާއެކު އިހުލާސްތެރި މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

”އަޅުގަނޑު ތިޔަ ބޭފުޅުންނަށް އަރުވާ ޔަގީންކަަމަކީ، ފުލުހުންގެ އެންމެހައި ހާލަތްތައް ރަނގަޅުކުރައްވައި އުފާވެރި ފުލުހުންގެ މުއައްސަސާއަކަށް ފުލުހުންގެ ޚިދުމަތް ބަދަލުކުރެއްވުމުގައި މިއަދުގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަމިއްލަފުޅަށް އިސްނަންގަވައިގެން، ގިނަ މަސައްކަތްތަކެއް ކުރައްވާއިރު، އަދި އެ ކަމުގައި އަޅުގަނޑުމެންގެ އިއްޒަތްތެރި ވަޒީރު މަސައްކަތްޕުޅު ކުރައްވާއިރު، ތިޔަ ބޭފުޅުންގެ އިހުސާސްތަކާއި ކަންބޮޑުުވުންތައް ސަރުކާރާ ހިއްސާކުރުމުގައި އަޅުގަނޑު ދީލަތިވާނެކަން،“ ސީޕީ ވިދާޅުވިއެވެ.

މި ޖަލްސާގައި ސީޕީ ވަނީ ފުލުހުންގެ ޚިދުމަތުން ރިޓަޔާކުރާ ފަރާތްތަކަށް ލިބޭ އިނާޔަތްތަކަށް ގެންނަން ނިންމާފައިވާ ބަދަލުތައް ވެސް ހާމަކުރައްވާފައެވެ. އެގޮތުން 25 އަހަރު ޚިދުމަތް ކުރުމަށްފަހު ރިޓަޔާކުރާ ފަރާތްތަކަށް، ޚިދުމަތުގައި ދެމިތިބޭ ފުލުހުންނެކޭ އެއްފަދައިން ބޭސްފަރުވާގެ ކަންކަން ހަމަޖެހިގެންދާނެ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން، ޝަރަފުވެރިކަމާއެކު ރިޓަޔާކުރާ ފުލުހުންނަށް ދެވޭ އިނާޔަތް ހިސާބުކުރުމުގައި މިހާރު އޮތް ލިމިޓް ބަދަލުކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ސީޕީ ވިދާޅުވިއެވެ. މި ބަދަލާއެކު، ރިޓަޔާކުރާ ފުލުހުންނަށް އިނާޔަތް ދިނުމުގައި އެ ފުލުހަކު ޚިދުމަތްކޮށްފައިވާ މުއްދަތަށް ބަލައި އިންސާފުވެރި އުސޫލެއް ގާއިމުކުރެވޭނެ ކަމަށް ފާހަގަކުރެއްވިއެވެ.

ސީޕީގެ ވާހަކަފުޅު ނިންމަވާލެއްވީ 2004 ވަނަ އަހަރު ޒަމާނީ ފުލުހުންގެ މުއައްސަސާ ބިނާކުރުމުގައި އިސް ދައުރެއް އަދާކުރެއްވި ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް، ބްރިގޭޑިއާ ރިޓަޔާޑް އާދަމް ޒާހިރުއާއި، އެކި ދުވަސްވަރު ކޮމިޝަނާގެ މަގާމު އަދާކުރެއްވި ހުރިހާ ބޭފުޅުންނަށް ޝުކުރު އަދާކުރައްވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: