މާލޭގެ ސަލްޓަން ޕާކްގައި އީ-ސްޕޯރޓްސް އޭރިއާއެއް ގާއިމުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް އިން މިއަދު އިއުލާންކޮށްފިއެވެ.
މި މަސައްކަތަކީ މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމެންޓްގެ އެދިލެއްވުމުގެ މަތިން ކުރިއަށްގެންދާ މަޝްރޫއެކެވެ.
ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް މިހާރު ހުޅުވާލާފައިވާ ކަމަށެވެ. މި ބީލަން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ކަމާގުޅޭ ސަރުކާރުގެ އިދާރާތަކުން ކަނޑައަޅާފައިވާ ގަވާއިދުތަކާއި އުސޫލުތަކުގެ ތެރެއިންނެވެ.
މި މަޝްރޫއުގެ ބީލަން ކުރިއަށްގެންދިއުމުގައި ބަލާނެ މައިގަނޑު އުސޫލުތަކުގެ ތެރޭގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޗަރ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ”ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު“ އާއި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގގެ ”ނޭޝަނަލް ޓެންޑަރުން ކުރިޔަށްގެންދާ އިމާރާތްކުރުމުގެ މަސައްކަތްތައް އެވޯޑް ކުރެވޭނެ އަދަދު ކަނޑައަޅާނެ ގޮތުގެ އުސޫލު“ ހިމެނެއެވެ.
މީގެ އިތުރުން މިނިސްޓްރީ އޮފް އިކޮނޮމިކް އެންޑް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްގެ ”ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ“ އަށްވެސް ރިއާޔަތްކުރެވޭނެއެވެ.
މި ޕްރޮޖެކްޓާ ގުޅޭގޮތުން ބާއްވާ ޕްރީބިޑް ބައްދަލުވުން އޮންނާނީ 6 ޖުލައި 2026 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 ގައެވެ. މި ބައްދަލުވުން ކުރިއަށްދާނީ މައިކްރޮސޮފްޓް ޓީމްސް މެދުވެރިކޮށް އޮންލައިންކޮށެވެ.

