ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝަންގްރީއްލާގެ އޮޕަރޭޝަނަލް ކެޕޭސިޓީ ޖުލައި މެދުތެރޭގައި ފުޅާވެގެންދާނެ: އަމީން

ރައީސް ޝަންގްރިއްލާއަށް ކުރެއްވި ޒިޔާރާތް --- ފޮޓޯ: ރައީސް އޮފިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޝަންގްރީއްލާ ހިންގަމުން އައީ ވަރަށް ކުޑަ އޮޕަރޭޝަން ކެޕޭސިޓީއެއްގައި ކަމަށާއި އެހެންނަމަވެސް އެ ކެޕޭސިޓީ ޖުލައި މަހުގެ ތެރޭގައި ބޮޑުތަނުން ފުޅާ ވެގެންދާނެކަމަށް ޓޫރިޒަމް މިނިސްޓަރ މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ޖަލްސާގައި މިއަދު ހިތަދޫ މެދު ދާއިރާގެ މެމްބަރު އަޒާން މަރުޒޫގް ވަނީ ޝަންގްރިއްލާ، ހަންކެޑެ ޕްރޮޖެކްޓު އަދި އިންޓަރގްރޭޓެޑް ޓޫރިޒަމްގެ މަސައްކަތްތަކުގެ އަދާހަމަ ހޯދުމަށް މިނިސްޓަރ އަމީނަށް ސުވާލު ކުރައްވާފައެވެ.

މި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ ޝަންގްރީއްލާ ހިންގަމުން އައީ ވަރަށް ކުޑަ ކެޕޭސިޓީއެއްގައި ކަމަށާއި އެހެންނަމަވެސް ޖުލައި މަހުގެ ތެރޭގައި އޮޕރޭޝަން ކެޕޭސިޓީގެ މަސައްކަތް ވަރަށް ބޮޑަށް ފުޅާވެގެންދާނެ ކަމަށެވެ. އެތަނުގެ ޑެވެލޮޕްމެންޓުތަކާ ގުޅޭގޮތުން މަޝްވަރާތައް ކުރެވެމުންދާކަން ފާހަގަކުރައްވާ އަމީން ވިދާޅުވީ ޖުލައި މަހުގެ މެދުތެރޭގައި ރަނގަޅު މަސައްކަތްތަކެއް ދާނެ ކަމަށެވެ.

ހަންކެޑެ ޕްރޮޖްކްޓުގެ ވާހަކައަށް އަލިއަޅުވާލައްވައި މިނިސްޓަރ ވިދާޅުވީ، ވަރަށް ބޮޑެތި މަސައްކަތްތަކެއް އެހެން ގޮތަކަށް ކުރިއަށް ގެންދާ ކަމަށެވެ. އެގޮތުން ދެތިން ހަތަރު ހަފްތާގެ ތެރޭގައި ޕްރޮޖްކްޓު ފެށޭވަރުގެ މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށް އަމީން ވިދާޅުވިއެވެ.

އިންޓަރގްރޭޓެޑް ޓޫރިޒަމްގައިވެސް އަމަލީ މަސައްކަތް ފެށުމާ ހަމައަށް ގޮސްފައިވާ މަސައްކަތްތަކެއް ވެސް ހުރިކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އައްޑޫ ސިޓީގައި ހިންގާ އެންމެ ފާހަގަކޮށްލެވޭ އެއް ރިސޯޓު ކަމުގައިވާ ޝަންގްރިއްލާ ވިލިނގިލި ރިސޯޓު އެންޑް ސްޕާ، ފަސް އަހަރުގެ ދިގު މެދުކެނޑުމަކަށްފަހު އަލުން ހުޅުވައި، އެ ރިސޯޓަށް ޒިޔާރަތްކުރި ފުރަތަމަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔާފައިވަނީ 2025 ވަނަ އަހަރުގެ ޑިސެމްބަރު 30 ގައެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެމަނިކުފާނުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި އައްޑޫ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުފުޅެކެވެ.

2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު އައްޑޫ ސިޓީގެ ރައްޔިތުން އެންމެ ބޮޑަށް އުފުލި އެއް ޝަކުވާއަކީ، އަތޮޅުގެ އިޤްތިޞާދުގެ މައިބަދަ ކަމުގައިވާ ޝަންގްރިއްލާ ރިސޯޓު ބަންދުކޮށްފައި އޮތުމުގެ ސަބަބުން ވަޒީފާގެ ފުރުސަތުތައް ހަނިވެފައި އޮތުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: