ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑިޖިޓަލް ބިލުގެ ބަހުސް ކުރާއިރު، ދާއިރާގެ ރައްޔިތުން ފެންވަރަނީ ނުތާހިރު ފެނުން: މެންބަރު ޙުސައިން ޒިޔާދު

ރައްޔިތުންގެ މަޖިލީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން ހުށަހަޅާފައިވާ ’މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޯމޭޝަން ބިލާ‘ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި ބަހުސް ކުރައްވަމުން، ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ތަޅުމުގައި މިއަދު ވާހަކަދައްކަވަމުން ޒިޔާދު ވިދާޅުވީ، ގައުމު ޑިޖިޓަލްކުރުމަށް ކުރާ މަސައްކަތައް ބަލައިގަންނަ ކަމަށެވެ. ނަމަވެސް، ރައްޔިތުންގެ އަސާސީ ބޭނުންތައް ފުދިފައި ނުވާއިރު، މިފަދަ ބިލްތަކަށް އިސްކަންދިނުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

”ގައުމު ޑިޖިޓަލްކޮށް ކުރިއަށް ދާންޖެހޭ ކަމަށް އަޅުގަނޑު ގަބޫލުކުރަން. އެކަމަކު ހިތާމައަކީ މި ބިލަށް ބަހުސްކުރާއިރު ވެސް، އަޅުގަނޑުގެ ދާއިރާގެ ގިނަ ރައްޔިތުންނަށް ސާފު ބޯފެން ލިބެން ނެތުމުން ފެންވަރަން ޖެހިފައިވަނީ ނުތާހިރު ފެނުން،“ ޒިޔާދު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ޑިޖިޓަލް ޚިދުމަތްތަކަށްވުރެ ބޮޑަށް ރައްޔިތުންގެ ދިރިއުޅުމުގެ އަސާސީ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުން އިސްކަންދޭންޖެހޭ ކަމަށެވެ.

މި ބިލުގެ ފަހަތުގައި ވިޔަފާރީގެ މަސްލަހަތުތަކެއް އޮވެދާނެ ކަމަށް ތުހުމަތު ކުރައްވަމުން ޒިޔާދު ވިދާޅުވީ، ސޮފްޓްވެއަރތަކާއި ޑިޖިޓަލް ނިޒާމުތައް ގަތުމަށް ދައުލަތުގެ ބޮޑެތި ޚަރަދުތަކެއް ހިނގާނެ ކަމަށެވެ. އަދި އެފަދަ ޚަރަދުތަކުގެ ތަފްސީލު ހޯދުމަކީ ދަތި ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.

ރައްޔިތުންގެ ޒާތީ މައުލޫމާތު އެއް ތަނަކަށް އެއްކުރުމާ މެދު ވެސް ޒިޔާދު ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އޭނާ ތުހުމަތު ކުރެއްވި ގޮތުގައި، ވައިކަރަދޫ ދާއިރާގެ މުއްދަތު ހަމަވެފައިވާ އައިޑީ ކާޑު ގެންގުޅޭ ގިނަ ބަޔަކު ވަނީ އެ މީހުންނަށް ނޭނގި ސަރުކާރު ހިންގާ ޕީއެންސީއަށް ރަޖިސްޓްރީކޮށްފައެވެ. މިފަދަ ކަންކަން ހިނގަމުންދާއިރު، ހުރިހާ މައުލޫމާތެއް މިނިސްޓްރީއެއްގެ ބެލުމުގެ ދަށަށް ދޫކޮށްލުމަކީ ނުރައްކާތެރި ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، މިފަދަ ބޮޑު މަޝްރޫއެއް ބެލެހެއްޓުމުގެ ގާބިލުކަން ވަޒީރުންގެ ކިބައިގައި ހުރިތޯ ވެސް ޒިޔާދު ސުވާލު އުފެއްދެވިއެވެ. އަތޮޅުތެރޭގެ ބަހުރުވައިގެ ތަފާތުން ކުރާ ސުވާލުތައް ފަހުމްނުވާ ވަޒީރުންނަށް، މުޅި ރާއްޖޭގެ ޑިޖިޓަލް ނިޒާމު ބެލެހެއްޓޭނެ ކަމާ މެދު އޭނާ ޝައްކު ފާޅުކުރެއްވިއެވެ.

މި ސަބަބުތަކަށް ޓަކައި، ރައްޔިތުންގެ އަސާސީ މައްސަލަތަކަށް ހައްލެއް ނުލިބި، ދައުލަތުގެ ބޮޑު ޚަރަދު ހިނގާނެ މި ބިލަށް ތާއީދު ކުރެވެން ނެތް ކަމަށް މެންބަރު ޙުސައިން ޒިޔާދު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ”މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޯމޭޝަން ބިލު“ ގެ ބަހުސް ކުރިއަށްދާއިރު، އެ ބިލު ބަލަހައްޓާނެ ގޮތާއި، މައުލޫމާތު ރައްކާތެރިކުރުމާއި، އަދި ހިންގުމުގެ އޮނިގަނޑާ މެދު މެންބަރުންގެ މެދުގައި ބޮޑެތި ޚިޔާލުތަފާތުވުންތަކެއް ވަނީ އުފެދިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: