ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑޮލަރުގެ އަގު އުފުލުނީ އެމްޑީޕީގެ ސަބަބުން، ކުރީ ސަރުކާރުގެ އެއްވެސް ރޭވުންތެރިކަމެއް ނެތް: ފަލާހު

ޕީއެންސީގެ ޕީޖީ ލިޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު:/ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ އިގްތިސާދަށް މިއަދު ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި، ހާއްސަކޮށް ޑޮލަރުގެ އަގަށް އަންނަ ބަދަލުތަކަކީ އެމްޑީޕީ ސަރުކާރުގެ ހަރުދަނާ ރޭވުންތެރިކަމެއް ނެތް ސިޔާސަތުތަކުގެ ސަބަބުން ގައުމަށް ޖެހިފައިވާ މުސީބާތެއްކަމަށް ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ، އެމްޑީޕީގެ ސަރުކާރުން އަށް ބިލިއަން ރުފިޔާ ޗާޕުކުރި ހަނދާން އެއްވެސް ދިވެހި ރައްޔިތެއްގެ ހިތުން ފިލައިގެން ނުދާނެ ކަމަށެވެ. ފައިސާ ޗާޕުކުރުމުގެ ސަބަބުން ޑޮލަރުގެ އަގު 20 ރުފިޔާއިން މައްޗަށް އަރައިގެންދާނެކަމަށް އޭރުގެ މަޖިލިސް ރައީސް މުހައްމަދު ނަޝީދު ފަދަ ބޭފުޅުން އާދޭސްކޮށް ވިދާޅުވަމުން ގެންދެވި ނަމަވެސް، އެމްޑީޕީން އެކަމަށް ބޯނުލެނބިކަމަށް ފަލާހު ވިދާޅުވި އެވެ.

ފަލާހު ވިދާޅުވީ، އިގްތިސާދީ ގޮތުން ލިބިފައިވާ ގެއްލުންތައް ރަނގަޅުކުރުމަށް ވަގުތު ބޭނުންވާނެކަމަށާއި، ރާއްޖެއަށް ހެޔޮއެދޭ ވެރިންނަށް ދިގު މުއްދަތަކަށް ވެރިކަން ކުރުމުގެ ފުރުސަތު ރައްޔިތުން ދޭންޖެހޭ ކަމަށެވެ. އަދި އެމްޑީޕީއަކީ ރައްޔިތުންނަށް ހެޔޮގޮތެއް ވުމަށް އެދޭ ބައެއް ނޫންކަމަށާއި، މި ސަރުކާރުން ޒުވާނުންނަށް ކަމެއް ކޮށްދޭން އުޅުނަސް އެމްޑީޕީން އެކަމާ ދެކޮޅު ހަދަމުންދާކަމަށް ފަލާހު ވިދާޅުވި އެވެ.

މިއަދު މިއީ އެ ދުވަސް.. އެމްޑީޕީއަކަށް މި ވާހަކައެއް ނުދެއްކޭނެ. އެމްޑީޕީގެ ދެ ވެރިކަމުގައި ރާއްޖޭގެ އިޤްތިޞާދަށް ދިން ގެއްލުމުގެ އަސަރު މި ރާއްޖެއިން އަބަދުވެސް ފެންނަމުން މި ދަނީ

ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާ މުހިންމު ބިލުތަކާއި އިސްލާހުތަކަށް އެމްޑީޕީން ފާޑުކިޔަމުންދާތީ ރައްދު ދެއްވަމުން ފަލާހު ވިދާޅުވީ، ކޮންމެ ބިލަކަށް އެމްޑީޕީން ދެކޮޅު ހަދާއިރު، އެއީ ކުރިން އެ ޕާޓީން ތަންފީޒު ކުރަން އުޅުނު ކަންކަން ކަމަށް ބުނެ ވާހަކަ ދައްކާ ކަމަށެވެ.

މީގެ އިތުރުން، ބައެއް ދާއިރާތަކުގެ އަސާސީ ހިދުމަތްތައް ނެތްކަމަށް ބުނެ ދައްކަވާ ވާހަކަތަކަށް ވެސް ފަލާހު ރައްދު ދެއްވިއެވެ. އަދި އިންތިހާބު ދުވަސްވަރު ތަރައްގީ ގެނެސްދޭނެކަމަށް ބުނެ އެމްޑީޕީވީ ވައުދުތައް މިއަދު ކޮބައިތޯ އޭނާ ސުވާލު އުފެއްދެވިއެވެ.

ފަލާހު ވިދާޅުވި ގޮތުގައި، ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުން މަސައްކަތް ކުރަމުންދަނީ ގައުމުގެ އިގްތިސާދު އަލުން ކޮޅަށް ޖަހައި، ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ފެންނަނީ ގައުމުގެ މަސްލަހަތަށްވުރެ ބޮޑަށް ބޭރުގެ ބައެއް ފަރާތްތަކުގެ އެހީގައި، އަމިއްލަ ޖީބަށް ފައިދާވާ ގޮތަށް މަސައްކަތް ކުރާތަންކަމަށް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: