ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބީއެމްއެލްގެ އެމެކްސް ކަސްޓަމަރުންނަށް ފޯމިއުލާ 1ގެ ތަޖުރިބާ ހޯދުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް!

ޝެއާރކޮށްލާ ކަހަލަދޯ؟

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އެމެރިކަން އެކްސްޕްރެސް ޕްލެޓިނަމް ކްރެޑިޓް ކާޑު އަދި އެމެރިކަން އެކްސްޕްރެސް އިސްލާމިކް ޕްލެޓިނަމް ކްރެޑިޓް ކާޑު ގެންގުޅުއްވާ ކަސްޓަމަރުންނަށް ހާއްސަކޮށްގެން، 2026 ވަނަ އަހަރުގެ ފޯމިއުލާ 1 ސިންގަޕޫރު އެއާލައިންސް ސިންގަޕޫރު ގްރޭންޑް ޕްރީ ބަލާލުމުގެ ފުރުސަތު ލިބޭ ހާއްސަ ޕްރޮމޯޝަނެއް އެ ބޭންކުން މިއަދު ފަށައިފިއެވެ.

ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން އެ މަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ ބީއެމްއެލް އެމެރިކަން އެކްސްޕްރެސް ޕްލެޓިނަމް ކްރެޑިޓް ކާޑު ނުވަތަ އެމެރިކަން އެކްސްޕްރެސް އިސްލާމިކް ޕްލެޓިނަމް ކްރެޑިޓް ކާޑު ބޭނުންކޮށްގެން ރާއްޖޭގައި ވިޔަފާރިކުރާ ކަސްޓަމަރުންނަށެވެ. ޕްރޮމޯޝަން ނިމުމުން ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތަކަށް، އިތުރު މީހަކާއެކު މި ތަފާތު ތަޖުރިބާ ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މި ޕްރޮމޯޝަނުގެ ގުރުއަތުން ހޮވޭ ފަރާތަށް ވަރަށް އަގުހުރި އިނާމުތަކެއް ލިބުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ފޯމިއުލާ 1 ސިންގަޕޯ އެއާލައިންސް ސިންގަޕޯ ގްރޭންޑް ޕްރީ 2026 ގެ ތިން ދުވަހުގެ އެކްސެސްއާއެކު އެމެކްސް ސްކައި ސޫޓް 2 ޓިކެޓް
  • ނަސީބުވެރި ފަރާތާއި އިތުރު މީހެއްގެ ދެކޮޅު ޓިކެޓް
  • އިވެންޓް ކުރިއަށްދާ މުއްދަތުގައި ހޮޓެލް އެކޮމޮޑޭޝަން

ބޭންކް އޮފް މޯލްޑިވްސްއިން ހާމަކުރި ގޮތުގައި، މި ޕްރޮމޯޝަނަކީ ކަސްޓަމަރުންނަށް ހާއްސަ ލައިފްސްޓައިލް މަންފާތަކާއި، އަގުހުރި ތަޖުރިބާތަކުގެ އިތުރުން މަދުން ނޫނީ ނުލިބޭނެ ފަދަ ތަފާތު ފުރުސަތުތައް ފޯރުކޮށްދިނުމަށް އެ ބޭންކުން ކުރަމުންދާ މަސައްކަތުގެ ދަށުން ކުރިއަށްގެންދާ ހަރަކާތެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: