ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަތުރުވެރިކަން ފުޅާކުރުމަށް ސަރުކާރުގެ ހާއްސަ ވަފުދެއް ޗައިނާއަށް

ޗައިނާއަށް ޒިޔާރަތްކުރާ ރާއްޖޭގެ ވަފުދު
ޝެއާރކޮށްލާ ކަހަލަދޯ؟

ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް އިތުރު މަގުތަކެއް ހޯދަން ޗައިނާގެ ކަމާ ބެހޭ ފަރާތްތަކާއެކު މަޝްވަރާކުރުމަށް ސަރުކާރުގެ ހާއްސަ ވަފުދެއް ޗައިނާއަށް ވަޑައިގެންފިއެވެ.

ފަތުރުވެރިކަމާ ގުޅުންހުރި ސަރުކާރު ކުންފުނިތަކާއި ސަރުކާރުގެ އެހެނިހެން ބޭފުޅުން ހިމެނިވަޑައިގަންނަވާ ވަފުދުގައި އިސްކޮށް ހުންނެވީ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ޝިއުރީ އާއި މިނިސްޓަރ އޮފް ސްޓޭޓް ފޯ ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން ހާރިސް މުހައްމަދެވެ.

މި މަހުގެ 1 އިން 11 އަށް ކުރިއަށްދާ މި ދަތުރުފުޅުގައި ޓޫރިޒަމް މިނިސްޓްރީ، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން، އެމްއޭސީއެލް، މޯލްޑިވިއަން އަދި ބައެއް ޖަމިއްޔާތަކުގެ މަންދޫބުން ބައިވެރިވެވަޑައިގަންނަވައެވެ.

މި ދަތުރުފުޅުގެ މައިގަނޑު މަގުސަދަކީ ޗައިނާގެ މާކެޓުގައި ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއަރުވައި، އެ ގައުމުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމެވެ.

ރާއްޖޭގެ ހާއްސަ ވަފުދުން އެ ދަތުރުފުޅުގައި ޗައިނާގެ ތިން ސިޓީއެއް ކަމަށްވާ ބެއިޖިން، ޝަންހާއީ އަދި ޗެންގްދޫއަށް ޒިޔާރަތްކޮށް، އެ ގައުމުގެ އެއާލައިންތަކާއި ޓުއާ އޮޕަރޭޓަރުންނާއި ފަތުރުވެރިކަމުގެ ދާއިރާގެ އެހެނިހެން ފަރާތްތަކާ ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރާ އެއް ގައުމެވެ. އެގޮތުން މިދިޔަ ޖޫން މަހު ވެސް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންނެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޖޫން މަހު އެ ގައުމުން 168,667 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: