ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލުހުންގެ ހަގީގީ ކާމިޔާބީއަކީ ރައްޔިތުންގެ އިތުބާރު

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ފުލުހުންގެ މުއައްސަސާއަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭ އެންމެ މުހިންމު އެއް ތަނބެވެ. ކޮމިޝަނާ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވާ ގޮތުގައި، ފުލުހެއްގެ ހަގީގީ ކާމިޔާބީ ގުޅިފައިވަނީ އެމީހެއްގެ ކޮނޑުގައި ޖަހާ ރޭންކަކަށް ނޫނެވެ. އޭގެ ބަދަލުގައި، ފުލުހުންގެ ކާމިޔާބީއަކީ ކުށުގެ ބިރުވެރިކަމުން ރައްޔިތުން ސަލާމަތްކޮށްދިނުމުން އެ ރައްޔިތުންގެ މޫނުމަތިން ފެންނަ އުފާވެރިކަމާއި، މުއައްސަސާއަށް އޮންނަ އިތުބާރެވެ.

ފުލުހުން ލައިގެން ތިބޭ ނޫކުލައިގެ ޔުނީފޯމަކީ ހަމައެކަނި ފޭރާމެއް ނޫނެވެ. ސީޕީ ފާހަގަކުރެއްވި ގޮތުގައި އެއީ މަގުމަތީގެ ބިރުވެރިކަމާއި ނާމާންކަމުގެ ތެރެއިން ރައްޔިތުންނަށް ފެންނާނެ ސަލާމަތާއި ރައްކާތެރިކަމުގެ ސޫރައެވެ. ފުލުހުންނަކީ މުޅި މުއައްސަސާގެ ލޯގަނޑެވެ. އެހެންކަމުން، ކޮންމެ ފުލުހަކީވެސް ރައްޔިތުންގެ ހިތްތަކަށް އަމާންކަން ގެނެސްދޭނެ ފަރުވާއަކަށް ވާންޖެހެއެވެ. ގާނޫނު ތަންފީޒު ކުރުމުގެ އިތުރުން، އޯގާތެރިކަމާއެކު ރައްޔިތުންނަށް ހިދުމަތް ކުރުމަކީ ފުލުހުންގެ އަސާސީ ސިފައަކަށް ވާންޖެހެއެވެ.

ފުލުހުންގެ ތަމްރީނު މަރުކަޒުތަކުގައި ހޫނު އަވީގައާއި ފިނި ދުވާލާއި ރޭގަނޑު އޮފިސަރުން ދަސްކުރާ އުކުޅުތަކާއި ހުނަރުތަކަކީ ހަމައެކަނި ވަޒީފާއަކަށްޓަކައި ދަސްކުރާ ކަންތައްތަކެއް ނޫނެވެ. އެއީ އެމީހުންގެ ހަށިގަނޑުގައި ހިނގަންޖެހޭ ގައުމީ ލޭ ކަމުގައި ހަދަންޖެހެއެވެ. ދިވެހި ފުލުހުންގެ ޝަރަފާއި ކަރާމާތް ހިފެހެއްޓުމަކީ ކޮންމެ ފުލުހެއްގެ ބޮލުގައި އެޅިފައިވާ ދީނީ އަދި ގައުމީ ވާޖިބެކެވެ.

ފުލުހުންގެ ހިދުމަތް އިތުރަށް ހަރުދަނާކުރުމަށްޓަކައި ތަމްރީނުތައް ޒަމާނީ ފެންވަރަށް މަތީ ހަރުފަތަކަށް ގެންދިއުމަކީ މިއަދުގެ އަމާޒެވެ.  ޕޮލިސް އިނީޝިއަލް ޓްރެއިނިން ކޯހާއެކު، އަމަލީ މައިދާނުގައި ފެންވަރު ރަނގަޅު ނަމޫނާ އޮފިސަރުން ބިނާކުރުމަށް އާ މަންހަޖެއްގެ ދަށުން މަސައްކަތް ކުރެވޭނެކަން ސީޕީ ހާމަކުރެއްވިއެވެ.. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވާ ޔަގީންކަމަކީ، ފުލުހުންގެ ތަމްރީނު މަރުކަޒުތައް ޒަމާނީ ވަސީލަތްތަކުން ފުރިގެންވާ ތަންތަނަށް ބަދަލުވެ، ރައްޔިތުންގެ ފުރިހަމަ އިތުބާރު ލިބިފައިވާ މުއައްސަސާއަކަށް މި ތަން ހައްދަވައިދެއްވާނެ ކަމެވެ.

ފުލުހުންގެ މުއައްސަސާގެ ކުރިއެރުން ބިނާވެފައިވަނީ ރައްޔިތުންނާ އޮންނަ ގާތް ގުޅުމުގެ މައްޗަށެވެ، ކޮންމެ ފުލުހަކީވެސް ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު މަސައްކަތްކުރާ، ރައްޔިތުންގެ އިތުބާރު ހޯދާފައިވާ މީހަކަށް ވާންޖެހެއެވެ. ފުލުހުންގެ ހިދުމަތް ތަރައްގީކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކާއެކު، ކުރިމަގުގައި ފެނިގެންދާނީ މިއަށްވުރެ ހަރުދަނާ، ރައްޔިތުންނަށް އަމާންކަން ގެނެސްދޭނެ ފުލުހުންގެ ހިދުމަތެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: