ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީއެންސީގެ އެތެރޭގެ އިންތިޚާބުގައި 131 ރަށު ދާއިރާގައި ވޯޓުލުން ކުރިއަށްދާނެ

ޕީއެންސީގެ ތަރުޖަމާނު އަލްއުސްތާޛު މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލް
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ ހޮނިހިރުދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޕީއެންސީގެ ދާއިރާތަކުގެ އިންތިޚާބުގައި 131 ރަށު ދާއިރާގައި ވޯޓުލުމުގެ ކަންކަން ކުރިއަށްދާނެކަމަށް އެ ޕާޓީން ބުނެފިއެވެ.

އެޕާޓީގެ އިންތިޚާބުގެ އިދާރީ ކަންކަމާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް އިންތިޚާބާއި ބެހޭ ކޮމިޓީން ޕީއެންސީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޕީއެންސީގެ ތަރުޖަމާނު މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލް ވިދާޅުވީ މި އިންތިޚާބަކީ ވާދަވެރި އިންތިޚާބަކަށް ވެގެންދާނެކަމަށެވެ.

އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ޖޫންމަހުގެ 30ވަނަ އަށް ހަމަވެފައިވާއިރު ކުރިމަތިލި ޖުމްލަ މީހުންގެ އެޕްލިކޭޝަންތައް ބަލާނިމި އިންތިޚާބުގެ ކަންކަން ނިމޭއިރު އިންތިޚާބީ އެކި މަޤާމުތަކުގައި 2500 އަށް ވުރެ ގިނަ މީހުން ހަރަކާތްތަކުގައި ރުކުރުވާލެވިގެންދާނެކަމަށް ފިރުޒުލް ވިދާޅުވިއެވެ. މިއީ ޕާޓީއަށް ލިބިގެންދާ ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ. އަދި އިންތިޚާބުވާ ފަރާތްތަކަކީ ޕާޓީ ކުރިއެރުވުމަށް އިސްކޮށް ހަރަކާތްތެރިވާނެ ފަރާތްތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި އިންތިޚާބުގައި ޕީއެންސީގެ ވޯޓާސް ލިސްޓުގެ އަސާސެއްކަމުގައި ބަލަނީ އިލެކްޝަން ކޮމިޝަނުގައި ރަޖިސްޓްރީވެފައިވާ ޕީއެންސީގެ މެމްބަރުންގެ ދަފްތަރަށެެވެ. އިންތިޚާބުގައި ވޯޓުލެވޭނީ ޖޫން މަހުގެ 15 ގެ ނިޔަލަށް އިލެކްޝަން ކޮމިޝަނުގައި  ޕާޓީގެ ނަމުގައި ދަފްތަރުވެފައިވާ މެމްބަރުންނަށް އެކަނިކަމަށް ފިރުޒުލް ވިދާޅުވިއެވެ.

”އިންތިހާބުގެ ދާއިރާތައް ރަށު ދާއިރާތަކަކަށް ބަހާލެވިގެންދާއިރު 131 ރަށު ދާއިރާގައި ވޯޓުލުމުގެ ކަންކަން ކުރިއަށްދާނެ“ ފިރުޒުލް

131 ރަށު ދާއިރާގައި ވޯޓުލުމަށް ވާންޖެހޭ އިދާރީ މަސައްކަތްތައް މާލަސްތަކެއްނުވެ ފަށާނެކަމަށް ފިރުޒުލް ވިދާޅުވިއެވެ.

އިންތިޚާބުގައި ޕީއެންސީގެ ދާއިރާގެ ރައީސުން އިންތިޚާބުކުރަނީ ޕާޓީ ތަމްސީލުކުރާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ނެތް ދާއިރާތަކަށެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ތިއްބެވި ދާއިރާތަކުގެ ރައީސުންނަކީ އެ މެމްބަރުންނެވެ.

އެ ޕާޓީގެ ދާއިރާތަކުގެ އިންތިޚާބު އަންނަ ހޮނިހިރު ދުވަހު ބާއްވަން ނިންމާފައިވާއިރު ޕާޓީގެ މަތީ މަޖިލިސް ބާއްވާނީ އަންނަ ސެޕްޓެމްބަރު މަހުގެ 15 އިން 18 އަށެވެ.

ޕާޓީގެ ވޯޓާސް ލިސްޓު މިހާރު ޕާޓީގެ ވެބްސައިޓުން ފެންނަން ހުންނާނެއެވެ. ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ އިތުރުން އިންތިހާބާ ގުޅޭ އެކިއެކި ކަންކަމުގައި ޝަކުވާ ހުށަހެޅުމުގެ ފުރުސަތުވެސް ޕާޓީގެ ޕޯޓަލްގެ ތެރެއިން މިއަދުން ފެށިގެން ހުޅުވާލާފައިވާއިރު ރީ-ރަޖިސްޓްރޭޝަނަސް ވެސް ޕާޓީން މިހާރު ވަނީ ހުޅުވާލާފައެވެ. އިންތިހާބުގެ ވޯޓުލުން އަތޮޅުތެރޭގެ އިތުރުން މާލޭގައިވެސް ކުރިއަށްދާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: