ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޔާސީ މުވައްޒަފުންގެ އަދަދު 14 ދުވަސް ތެރޭގައި ހާމަކުރަން ރައީސް އޮފީހަށް އަންގައިފި

ރައީސް މުއިއްޒު ކެބިނެޓް ބައްދަލުވުމުގައި : ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ ޖުމްލަ އަދަދާއި، އެ މުވައްޒަފުންނަށް ދެވޭ މުސާރަ އަދި އިނާޔަތްތަކުގެ ތަފްސީލުތައް ކުރިއަށް އޮތް 14 ދުވަހުގެ ތެރޭގައި ހާމަކުރުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް މިއަދު އަންގައިފިއެވެ.

މި މައުލޫމާތަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު (އާރްޓީއައި) ގެ ދަށުން ރާއްޖޭގެ އޮންލައިން ނޫހެއް ކަމަށްވާ ’އަދަދު‘ ނޫހުން ހޯދުމަށް އެދި ހުށަހަޅާފައިވާ މައުލޫމާތުތަކެކެވެ. ނަމަވެސް، ރައީސް އޮފީހުން އެ މައުލޫމާތު ދޫކުރުމަށް އުޒުރުވެރިވެފައިވާތީ، އެ މައްސަލަ ވަނީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގައި އިލްތިމާސްކޮށްފައެވެ.

މި މައްސަލައިގައި ބޭއްވި އަޑުއެހުމުގައި އިންފޮމޭޝަން ކޮމިޝަނަރު ފާހަގަކުރެއްވި ގޮތުގައި، އެދިފައިވާ މައުލޫމާތުތަކަކީ ހާމަނުކޮށް ހިފޭއްޓޭނެ ފަދަ މަގުބޫލު ގާނޫނީ ސަބަބެއް ރައީސް އޮފީހަށް ދެއްކިފައެއް ނުވެއެވެ. އެހެންކަމުން، ގާނޫނުގައިވާ ގޮތުގެ މަތިން އެ މައުލޫމާތުތައް އާންމުކުރުމަކީ ލާޒިމު ކަމެއް ކަމަށް ކޮމިޝަނަރު ކަނޑައެޅުއްވިއެވެ.

އިންފޮމޭޝަން ކޮމިޝަނަރު ވަނީ ކަނޑައެޅިފައިވާ 14 ދުވަހުގެ މުއްދަތުގައި އެ މައުލޫމާތު ފޯރުކޮށްނުދީފިނަމަ، އެ މައްސަލަ އިތުރަށް ބަލައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާނެ ކަމުގެ އިންޒާރުވެސް ދެއްވާފައެވެ. މިއީ އާރްޓީއައި ގާނޫނަށް އަމަލުނުކުރާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް އޮންނަ އިޖުރާއަތެކެވެ.

ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަނުކުރާތީ، އާންމުންނާއި އިދިކޮޅު ސިޔާސީ ފަރާތްތަކުގެ ބޮޑެތި ފާޑުކިޔުންތަކެއް ސަރުކާރަށް ވަނީ އަމާޒުވެފައެވެ. ހާއްސަކޮށް، ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ފިޔަވަޅުތައް އަޅަމުންދާ ދަނޑިވަޅެއްގައި ސިޔާސީ މަގާމުތަކުގެ ތަފްސީލު ސިއްރުކުރާތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: