ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި ’ޑާޒަލެކްސް‘ ގެ ފޭކް އިންޖެކްޝަންތަކެއް ފެނިގެން ޑަބްލިއުއެޗުއޯއިން ސަމާލުވާން އަންގައިފި

ފޮޓޯ: އިންޓަނެޓް
ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗުއޯ) އިން ރާއްޖެއިން ކެންސަރު ބައްޔަށް ފަރުވާ ކުރުމަށް ބޭނުންކުރާ ’ޑާޒަލެކްސް‘ ބޭހުގެ ފޭކް ނުވަތަ އަސްލެއް ނޫން އިންޖެކްޝަންތަކެއް ފެނިފައިވާތީ އެކަމަށް ސަމާލުވުމަށް އަންގައިފިއެވެ.

ޑަބްލިއުއެޗުއޯއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ މާކެޓުން މި ބޭހުގެ ފޭކް ބެޗްތަކެއް ފެނިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

’ޑާޒަލެކްސް‘ އަކީ އާންމުކޮށް ’މަލްޓިޕަލް މައިލޯމާ‘ ނަމަކަށް ކިޔާ ކެންސަރުގެ ބާވަތަކަށް ފަރުވާ ދިނުމަށް ބޭނުންކުރާ ބޭހެކެވެ. މި ބޭހުގެ އަސްލު ނޫން އިންޖެކްޝަންތައް ދައުރުވަމުންދާތީ، އޭގެ ސަބަބުން ބަލިމީހުންގެ ސިއްހަތަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު އެ ޖަމިއްޔާއިން ވަނީ ދީފައެވެ. ޚާއްސަކޮށް ބޭހުގެ އަސްލު ނޫން މާއްދާތައް ހުރުމުގެ ސަބަބުން ބަލިމީހާއަށް ދޭންޖެހޭ ފަރުވާ ފުރިހަމަ ނުވުމާއި، އިތުރު ސިއްހީ މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު އޮންނާނެކަމަށް ޑަބްލިއުއެޗުއޯއިން ބުނެއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ވެސް މިހާރު ދަނީ މި މައްސަލަ އިތުރަށް ބަލައި، ބޭސް ވިއްކާ ފަރާތްތަކާއި ހޮސްޕިޓަލްތަކުން މި ބޭހުގެ ބެޗް ނަންބަރުތަކަށް ސަމާލުވުމަށް އިރުޝާދު ދެމުންނެވެ. އަދި ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ބޭސް ބޭނުންކުރުމުގެ ކުރިން އޭގެ ޕެކޭޖިންގ އާއި ލޭބަލްގައި ހުންނަންޖެހޭ ކަންކަން ހުރިތޯ ޔަޤީންކުރުމަށް ވަނީ އަންގައިފައެވެ.

މި ބާވަތުގެ ފޭކް ބޭސްތައް ރާއްޖެއަށް އެތެރެވުން ހުއްޓުވުމަށާއި، މިހާރު ފެނިފައިވާ ބެޗްތައް ބާޒާރުން ނެގުމަށް ކަމާބެހޭ އިދާރާތަކުން ދަނީ ގުޅިގެން މަސައްކަތް ކުރަމުންނެވެ. ޑަބްލިއުއެޗުއޯއިން ވަނީ ބޭސް ގަންނައިރު އިތުބާރު ހުރި މަސްދަރުތަކުން ނޫނީ ބޭސް ނުގަތުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި ދިވެހިރާއްޖޭގެ އިތުރުން މެކްސިކޯއިން ވެސް ވަނީ މި ފޭކް އިންޖެކްޝަންތައް ފެނިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: