ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހޯޕް އައިލެންޑުގެ މަޝްރޫއު އެތައް ބައެއްގެ ބޮޑު އުންމީދެއް، ލަސްވުމަކީ ބޮޑު ކަންބޮޑުވުމެއް: ފައިސަލް

ކުރީގެ ނައިކުރީގެ ނައިބް ރައީސް ފައިސަލް ނަސީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުށުގެ ވެށިން ކުޑަކުދިން ސަލާމަތްކުރުމަށްޓަކައި ފެށުމަށް ނިންމާފައިވާ ’ހޯޕް އައިލެންޑް‘ މަޝްރޫއު ކުރިއަށް ނުގޮސް ލަސްވަމުންދާތީ، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މި މަޝްރޫއަކީ ކުށުގެ ވެށީގައި އުޅޭ ކުދިން އަނބުރާ މުޖުތަމައަށް ގެނައުމަށްޓަކައި ރޭވިފައިވާ މުހިންމު މަސައްކަތެކެވެ.

ފައިސަލް ނަސީމް ވިދާޅުވި ގޮތުގައި، މި މަޝްރޫއަކީ އާއިލާތަކަށް އުއްމީދެއް ދިނުމަށާއި، ކުށުގެ ވެށީގައި އުޅޭ ކުދިން މުޖުތަމައަށް ބޭނުންތެރި ބައެއްގެ ގޮތުގައި ނެރުމަށް އަމާޒުކޮށްފައިވާ މަސައްކަތެކެވެ. އަދި މިއީ މުޖުތަމައުގެ ގިނަ މައްސަލަތަކަކަށް ހައްލު ލިބޭނެ ކަމެއް ކަމަށާއި، މިކަން ކުރުން މިހާރުވެސް މާލަސްވެފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ނިމިދިޔަ ސަރުކާރުން މި މަޝްރޫއު ހިންގުމަށް ނިންމާފައި އޮތީ ލ. ކަލައިދޫގައެވެ. ނަމަވެސް، މި ސަރުކާރުން ވަނީ މި މަޝްރޫއު ހިންގާ ރަށް ދ. ވާނީއަށް ބަދަލުކުރުމަށްފަހު، ފަހުން އުތުރު ތިލަފަޅަށް ބަދަލުކޮށްފައެވެ. މިގޮތަށް ތަންތަން ބަދަލުވަމުން ދިޔަ ނަމަވެސް، އަމަލީ މަސައްކަތް ފެށިފައި ނުވާތީ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

މި މަޝްރޫއު ކުރިއަށް ގެންދާނެ އިންވެސްޓަރަކު ހޯދުމަށް ސަރުކާރުން ވަނީ އިއުލާނުކޮށްފައެވެ. ނަމަވެސް، މިހާތަނަށް އެ މަސައްކަތަށް އެއްވެސް އިންވެސްޓަރަކު ލިބުނުކަން ނުވަތަ ނޫންކަން ސަރުކާރުގެ ފަރާތުން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.

ކުޑަކުދިން ކުށުގެ ވެށިން ދުރުކޮށް، އެކުދިންނަށް ބޭނުންވާ ތަރުބިއްޔަތާއި ތައުލީމު ފޯރުކޮށްދިނުމަށް ރޭވިފައިވާ މި މަޝްރޫއަކީ އިޖުތިމާއީ ގޮތުން ރާއްޖެއަށް މިވަގުތު ނުހަނު ބޭނުންތެރި މަޝްރޫއެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: