ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިޒްނަސް ރަޖިސްޓްރޭޝަން ކޯލް ސެންޓަރަށް ލިބުނު 99 އިންސައްތަ ކޯލްތަކަށް ޖަވާބު ދީފި

ރައީސުލްޖުމްހޫރިއްޔާ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ ބައްދަލުކުރެއްވުން. ފޮޓޯ؛ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މި ހިނގާ ޖޫން މަހުގެ ފުރަތަމަ 15 ދުވަހުގެ ތެރޭގައި ބިޒްނަސް ރަޖިސްޓްރޭޝަން ކޯލް ސެންޓަރަށް ލިބުނު ކޯލްތަކުގެ 99 އިންސައްތައަށް ޖަވާބުދީފައިވާ ކަމަށް އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

މިއީ އެ ވުޒާރާއިން ދެމުންގެންދާ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ލިބުނު ބޮޑު ކުރިއެރުމެކެވެ.

އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، 2026 ޖޫން 1 އިން 15 އަށް އެ ސެންޓަރަށް 1,500 އަށްވުރެ ގިނަ ފޯނު ކޯލް ވަނީ ލިބިފައެވެ. މީގެ ތެރެއިން 99 އިންސައްތައަށްވުރެ ގިނަ ކޯލަށް ކާމިޔާބުކަމާއެކު ޖަވާބުދީ، ކަސްޓަމަރުން ބޭނުންވި މަޢުލޫމާތާއި އެހީތެރިކަން ވަނީ ފޯރުކޮށްދީފައެވެ.

ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރެވުނު މަސައްކަތުން، މި މުއްދަތުގެ ތެރޭގައި ކޯލްތަކަށް އިންތިޒާރު ކުރަންޖެހޭ ވަގުތު ވަނީ އެވްރެޖްކޮށް 2 މިނެޓަށް ކުޑަކުރެވިފައެވެ. މިއީ ޚިދުމަތް ހޯދާ ފަރާތްތަކަށް ލިބުނު ވަރަށް ބޮޑު ލުޔެއްގެ ގޮތުގައި އެ ވުޒާރާއިން ފާހަގަކުރެއެވެ.

މި ކޯލް ސެންޓަރު މެދުވެރިކޮށް މައިގަނޑު ގޮތެއްގައި ފޯރުކޮށްދެނީ ވިޔަފާރިތައް އަލަށް ރަޖިސްޓްރީ ކުރުމާއި، ވިޔަފާރީގެ ރެކޯޑުތައް އަދާހަމަކުރުމުގެ މަޢުލޫމާތެވެ. މީގެ އިތުރުން، އެކި ބާވަތުގެ ވިޔަފާރިތަކަށް ބޭނުންވާ ޚާއްޞަ ހުއްދަތައް ހޯދުމާއި، ވިޔަފާރިތަކާ ގުޅުންހުރި އެހެނިހެން ލަފަޔާއި އިރުޝާދު ފޯރުކޮށްދިނުމުގައި ކޯލް ސެންޓަރުގެ ޓީމުން ދަނީ މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: