ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގަވާއިދަށް ބަދަލެއް؛ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ މަގާމުތައް ކަނޑައަޅައި ވަޒީފާ ފަހިކޮށްދޭން މަޖުބޫރުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަކޮށްގެން ވަޒީފާގެ މަގާމުތައް ކަނޑައަޅައި، އެ ފަރާތްތަކަށް ހަމަހަމަކަމާއެކު ވަޒީފާގެ ފުރުސަތުތައް ފޯރުކޮށްދިނުމަށްޓަކައި ކަމާބެހޭ ގަވާއިދަށް އިސްލާހުތަކެއް ގެނެސްފިއެވެ.

މި އިސްލާހުތަކުގެ ދަށުން ރާއްޖޭގައި ވަޒީފާދޭ ހުރިހާ އިދާރާތަކުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ މާހައުލު ފަހިކޮށްދިނުން މިހާރު ވަނީ ލާޒިމުކޮށްފައެވެ.

އަލަށް ގެނެވުނު އިސްލާހުގައިވާ ގޮތުން، ވަޒީފާއަށް އެދި ފޯމު ފުރުމާއި ހުށަހެޅުމުގެ މަރުހަލާގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ވަޒީފާދޭ އިދާރާގެ އިތުރުން ކަމާބެހޭ މިނިސްޓްރީން ވެސް އެހީތެރިކަން ފޯރުކޮށްދޭން ޖެހޭނެއެވެ. މިއީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ބާޒާރަށް ނުކުތުމުގައި ކުރިމަތިވާ ހުރަސްތައް ނައްތާލުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

ވަޒީފާ ދިނުމުގެ މަރުހަލާގައި މައިގަނޑު ތިން މިންގަނޑަކަށް ބަލަންޖެހޭނެ ކަމަށް މި ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ. އެއީ ވަޒީފާދޭ ތަނުގައި ހުންނަންޖެހޭ ވަސީލަތްތަކާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެކަށޭނަވާނެހެން ގެންނަންޖެހޭ ބަދަލުތަކާއި، އަދި ވަޒީފާ ހަމަޖެއްސުމުގެ އާންމު މިންގަނޑެވެ. މީގެ އިތުރުން، ވަޒީފާއަށް އެދޭ މީހުންގެ ’ކޮމްޕިޓެންސީ ޕްރޮފައިލް‘ މިނިސްޓްރީން ތައްޔާރުކޮށް، އެ މައުލޫމާތު ކަމާބެހޭ ފަރާތްތަކާ ހިއްސާކުރަން ޖެހޭނެއެވެ.

މި ނިޒާމު ހަރުދަނާކުރުމުގެ ގޮތުން، ފަންނީ ލަފާދޭ ކޮމެޓީގެ މަސައްކަތްތަކަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން، ކޮމެޓީގެ މެމްބަރަކު މަގުބޫލު އުޒުރެއް ނެތި ވިދިވިދިގެން ތިން ބައްދަލުވުމަށް ހާޒިރުނުވެއްޖެނަމަ، އެ މެމްބަރަކު މަގާމުން ވަކިކުރުމުގެ ބާރު މިނިސްޓަރަށް ލިބިދީފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: