ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަލަމުންދާ މައްސަލައަކާ ގުޅިގެން ހުޅުދުއްފާރު ކޯޓުގެ އިސް މެޖިސްޓްރޭޓު ސަސްޕެންޑުކޮށްފި

ރ. ހުޅުދުއްފާރު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ޢަލީ މުސްތަފާ ---
ޝެއާރކޮށްލާ ކަހަލަދޯ؟

ރ. ހުޅުދުއްފާރު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަލީ މުސްތަފާ، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސަސްޕެންޑުކޮށްފިއެވެ.

މި ފިޔަވަޅު އަޅާފައިވަނީ އެ ކޮމިޝަނުން ބަލަމުންދާ ސުލޫކީ މައްސަލައަކާ ގުޅިގެންނެވެ.

ޖޭއެސްސީން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، އިސް މެޖިސްޓްރޭޓް އަލީ މުސްތަފާ ސަސްޕެންޑުކުރަން ނިންމާފައިވަނީ 60 ދުވަހުގެ މުއްދަތަށެވެ. މި ނިންމުމަކީ ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމަށާއި، ތަހުގީގަށް މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކަށް ރިއާޔަތްކޮށް ނިންމާފައިވާ ނިންމުމެއް ކަމަށް އެ ކޮމިޝަނުން ބުނެއެވެ.

މައްސަލަ ބަލަމުންދާ މުއްދަތުގައި ފަނޑިޔާރުން މަސައްކަތުން ދުރުކުރުމަކީ ޖޭއެސްސީގެ ގާނޫނުން އެ ކޮމިޝަނަށް ލިބިދޭ ބާރެކެވެ. މިގޮތުން، ފަނޑިޔާރަކާ ބެހޭގޮތުން ބަލަމުންދާ މައްސަލައެއްގެ ބާވަތަށް ބަލައި، ޝަރުއީ ދާއިރާގެ ހައިބަތު ހިފެހެއްޓުމަށްޓަކައި މިފަދަ ފިޔަވަޅުތައް މީގެ ކުރިންވެސް އެކި ފަނޑިޔާރުންނާ މެދު އަޅާފައިވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މީގެ ކުރިންވެސް ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންނާއި އެކި ކޯޓުތަކުގެ މެޖިސްޓްރޭޓުން ސަސްޕެންޑުކޮށް، ބައެއް ފަނޑިޔާރުން މަގާމުން ވަކިކުރުމުގެ މައްސަލަތަކެއްވެސް ޖޭއެސްސީން ވަނީ ކުރިއަށް ގެންގޮސްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: