ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިރާގުން ދޭ ފަހު ސްޕީޑްބޯޓްގެ ލަކީ ޑްރޯ އިވެންޓްގައި ފޯރިގަދަ ހަރަކާތްތަކެއް

ޝެއާރކޮށްލާ ކަހަލަދޯ؟

ދިރާގުގެ ”ވިން 2 ސްޕީޑްބޯޓްސް“ ޕްރޮމޯޝަންގެ ދަށުން ދޭ ފަހު ސްޕީޑްބޯޓުގެ ނަސީބުވެރިޔާ ހޮވުމުގެ ގުރުއަތު ނެގުމަށް ބާއްވާ ހާއްސަ އިވެންޓް 10 ޖުލައި 2026 ވާ ހުކުރު ދުވަހުގެ ހަވީރު 04:00ގައި އާޓިފިޝަލް ބީޗުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި އިވެންޓްގައި އެކަތި ބޮޑުބެރު ގްރޫޕާއި މަޝްހޫރު ލަވަކިއުންތެރިޔާ ސަމީއުގެ ފޯރިގަދަ ހުށަހެޅުންތައް ފެނިގެންދާނެއެވެ. އަދި، ކުޑަކުދިންނަށް ހާއްސަ ގޭމްތައް ހިމަނައިގެން ކިޑް ޒޯނެއް ވެސް ދިރާގުން ވަނީ މި އިވެންޓްގައި ހިމަނައިފައެވެ. މީގެ އިތުރުން، މި އިވެންޓްގައި ބައިވެރިވާ ފުޑް ސްޓޯލްތަކުން ރަހަމީރު ކާބޯތަކެތި އަޖުމަބަލާލުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އެހެންކަމުން، މި އިވެންޓަކީ މި ހުކުރު ދުވަހު އާއިލާއާއި ރައްޓެހިންނާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށް ލިބިގެންދާ ރަނގަޅު ފުރުސަތަކެވެ.

ދިރާގުގެ ”ވިން 2 ސްޕީޑްބޯޓްސް“ ޕްރޮމޯޝަންގެ ދެ ވަނަ ނަސީބުވެރިއާއަށް ވެސް ދިރާގުން ދިނުމަށް ކަނޑައަޅައިފައިވާ އަލް ޝާލީ މެރިން ކެނެރީ 28 މޮޑެލްގެ ސްޕޯޓްސް ސްޕީޑްބޯޓެއް ލިބިގެންދާނެއެވެ. މި ހިތްގައިމު ސްޕީޑްބޯޓަކީ އެކި ކަންކަމަށް ބޭނުންކުރެވޭގޮތަށް ފަރުމާކޮށްފައިވާ ބާރުގަދަ ސްޕީޑްބޯޓެކެވެ. އަދި، މި އުޅަނދުގައި ޔަމަހާ 250 ހޯސްޕަވަރުގެ އިންޖީނެއް ވެސް އެކުލެވިގެންވެއެވެ.

ދިރާގުން ދޭ ދެވަނަ ސްޕީޑްބޯޓް ލިބިގެންދާނީ 31 މާރިޗު 2026ގެ ކުރިން މި ޕްރޮމޯޝަންގައި އެންރޯލްކޮށްފައިވާ ކަސްޓަމަރުންގެ ތެރެއިން 30 ޖޫން 2026ގެ ނިޔަލަށް ލަކީ ޑްރޯގައި ބައިވެރިވުމުގެ ޝަރުތު ހަމަވާ ކަސްޓަމަރުންގެ ތެރެއިން ހޮވޭ ނަސީބުވެރިއަކަށެވެ. މީގެ ތެރޭގައި ހިމެނެނީ ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންގެ ތެރެއިން 450 ރުފިޔާ ނުވަތަ އެއަށްވުރެ އިތުރަށް ރީލޯޑްކޮށްގެން ބައިވެރިވި ކަސްޓަމަރުން، ދިރާގު ޕޯސްޓްޕެއިޑް 450 ނުވަތަ އެއަށްވުރެ މަތީ ޕްލޭންތަކަށް ނުވަތަ އަމިއްލަ ޕޯސްޓްޕެއިޑް ޕްލޭންއަކަށް 450 ރުފިޔާ ނުވަތަ އެއަށްވުރެން މަތިން ބިލް ދައްކައިގެން ބައިވެރިވި ކަސްޓަމަރުން އަދި ދިރާގު ލިމިޓެއްނެތް ފައިބަރ 40އެމް ނުވަތަ އެއަށްވުރެ މަތީގެ ޕްލޭންތަކުގެ ކަސްޓަމަރުންގެ ތެރެއިން މި ޕްރޮމޯޝަނަށް އެންރޯލްކޮށްފައިވާ ކަސްޓަމަރުންނެވެ.

މީގެ އިތުރުން، ޕްރޮމޯޝަން ކުރިއަށް ދިޔަ މުއްދަތުގެ ތެރޭގައި ދިރާގުޕޭ އަށް ރަޖިސްޓަރީކޮށްގެން ތިބި ކަސްޓަމަރުންނާއި އަލަށް ރަޖިސްޓަރީކުރި ކަސްޓަމަރުންނަށް ވެސް މި ޕްރޮމޯޝަނަށް އެންރޯލްކޮށް މި އަގުހުރި އިނާމް ހާސިލުކުރުމުގެ ފުރުސަތު އިތުރުކޮށްލުމުގެ ފުރުސަތު ވަނީ ލިބިގެންގޮސްފައެވެ.

ދިރާގުން ދަނީ މި ފަދަ ހާއްސަ ޕްރޮމޯޝަންތަކުގެ ޒަރިއްޔާއިން ކަސްޓަމަރުންގެ ދިރިއުޅުމަށް އިތުރު ފާގަތިކަން ގެނެސްދީ، ރާއްޖޭގައި އެ ފަދަ ދެވަނައެއް ނެތް ޕްރޮމޯޝަންތައް ކުރިއަށްގެންދަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: