ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް މުއިއްޒު މަޝްރޫއުތައް ކުރިއަށް ގެންދަވަނީ ސިޔާސީ ގޮތުން މަންފާއެއް ހޯއްދެވުމުގެ ނިޔަތުގައެއް ނޫން: އިބްރާހިމް ހުސެއިން

ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ހުސެއިން ސަންގުޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމްގައި ވާހަަކަ ދައްކަވަނީ / ފޮޓޯ:ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް މުއިއްޒު މަޝްރޫއުތައް ކުރިއަށް ގެންދަވަނީ ސިޔާސީ ގޮތުން މަންފާއެއް ހޯއްދެވުމުގެ ނިޔަތުގައެއް ނޫން ކަމަށާއި ސަރުކާރުން ކުރަނީ ސިޔާސީ ގޮތުން މަންފާ ލިބޭނެ ކަންކަން އެކަނި ކަމަށް އިދިކޮޅު ފަރާތްތަކަށް ހީވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ހުސެއިން ވިދާޅުވެއްޖެއެވެ.

މެމްބަރު މިހެން ވިދާޅުވީ ސަންގުޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން މެމްބަރު ވަނީ، ސިޔާސީ ގޮތުން ސަރުކާރަށް މަންފާނުވާ އެއްވެސް ކަމެއް ނުވަތަ އެއްވެސް ޕްރޮޖެކްޓެއް މީގެ ކުރީ ސަރުކާރުތަކުން ހިންގާފައި ނެތުމުން، ރައީސް ޑރ. މުއިއްޒުވެސް ކަންކުރައްވާނީ ހަމަ އެބީދައިން ކަމަށް އިދިކޮޅު ފަރާތްތަކަށް ހީކުރެވޭކަމަށެވެ.

”ސިޔާސީ ގޮތުން ސަރުކާރަށް މަންފާނުވާ އެއްވެސް ކަމެއް ނުވަތަ އެއްވެސް ޕްރޮޖެކްޓެއް މީގެ ކުރީ ސަރުކާރުތަކުން ހިންގާފައި ނެތީމަ އިދިކޮޅު ފަރާތްތަކަށް ހީވަނީ މި ސަރުކާރުން ރައީސް ޑރ. މުއިއްޒުވެސް ކަންކުރައްވާނީ ހަމަ އެގޮތަށް ކަމަށް، ސިޔާސީ ގޮތުން ތިމަންނާމެނަށް އެއްވެސް މޮޅެއް ނުލިބޭ އެއްވެސް ކަމަކީ ތިމަންނާމެއް ކުރަން ނުޖެހޭ ކަމެއްގެ ގޮތުގައި ގަބޫލުކޮށްގެން ގިނަ ސަރުކާރުތަކުން ނިމިގެން މިދިޔައީ،“ މެމްބަރު އިބްރާހިމް ހުސެއިން

މި ސަރުކާރަށް ދެ އަހަރާއި ބައި ވެގެންދިޔައިރު ޕްރޮޖެކްޓްތައް ފެށި ބިންގާ އަޅާފައިވާއިރު އަމަލީ ގޮތުން އެއްވެސް މަޝްރޫއުއެއް ނުނިންމިގެން އުޅެނީ ކައުންސިލުތަކުން އެއްބާރުލުން ނުދޭތީކަމަށް ސަރުކާރުން ބުނާ ވާހަކަތަކާ ގުޅިގެން މެމްބަރު ވިދާޅުވީ، މަޝްރޫއުތައް ބަރާބަރަށް ކުރިއަށްދާ ކަމަށެވެ. އެގޮތުން މި ސަރުކާރަށް ދެ އަހަރާއި ބައިވެގެން ދިޔައިރު އެއްވެސް ސަރުކާރަކުން ނުކުރާ ވަރަށް މި ސަރުކާރުން މަސައްކަތްތަކެއް ކޮށްފިކަމަށް މެމްބަރު ވިދާޅުވިއެވެ.

މެމްބަރު ވަނީ އަރަބިއްޔާ ސްކޫލްގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާކަމަށާއި އަދި ބޮޑުތަކުރުފާނު މަގަށް ދިވެހި އެއްވެސް ރައްޔިތަކު އިހުސާސް ވެސް ނުކުރާ މިންވަރުގެ ޒަމާނީ ތަރައްގީ މި ސަރުކާރުން ގެނެސްދީފައިވާކަމަށް ވިދާޅުވެފައެވެ.

 ”މަޝްރޫއުތައް ބަރާބަރަށް ކުރިއަށްދޭ އެބަ، މި ސަރުކާރަށް ދެ އަހަރާއި ބައިވެގެން ދިޔައިރު އެއްވެސް ސަރުކާރަކުން ނުކުރާ ވަރަށް މި ދެ އަހަރާއި ބައިގެ ތެރޭގައި މި ސަރުކާރުން މަސައްކަތްތަކެއް ކޮށްފި. ތިބޭފުޅުންނަށް ފެންނާނެ މެރިންޑްރައިވް އެއްކޮށް މުޅިން އަލަށްފެށި މަޝްރޫއެއް، އަޅުގަނޑުމެންގެ އެއްވެސް ރައްޔިތަކު އިހުސާސް ވެސް ނުކުރާނެ ތިމަންނަމެން މާލޭގައި މެރިންޑްރައިވް މިގޮތަށް މިގޮތަށް ބަދަލު ކުރެވިދާނެކަމަށް، ޤަބޫލުވެސް ނުކުރާނެ.“ މެމްބަރު

މެމްބަރު ވަނީ އަދުގެ ރައީސް ޑރ. މުއިއްޒު މަޝްރޫއުތައް ކުރިއަށް ގެންދަވަނީ އެއްވެސް ވަރަކަށް ސިޔާސީ ގޮތުން މަންފާއެއް ލިބިވަޑައިގަންނަވާނެކަމުގެ ނިޔަތުގައި ނޫންކަމަށް ވިދާޅުވެފައެވެ. އޭގެ ބަދަލުގައި ރައީސް ބައްލަވަނީ ދިވެހި އެންމެހާ ރައްޔިތުންނަށް އޭގެއިން މޮޅެއް ފައިދާއެއް ނުވަތަ ފަސޭހައެއް ލިބޭނެތޯ ކަމަށް މެމްބަރު ވަނީ ވިދާޅުވެފައެވެ.

އެގޮތުން މާލޭގެ ބޮޑުތަކުރުފާނު މަގު އެއްކޮޅުން އަނެއްކޮޅަށް ހަދާފައިވާއިރު ކުރީގެ ރައީސުން ވެސް މިކަމަށް ޖޯކުޖައްސަވައި އެއީ އެއްގޮތަކަށްވެސް ކުރަން ހެޔޮވާވަރު ކަމެއް ނޫންކަމަށް ވިދާޅުވެފައިވާކަމަށް މެމްބަރު ފާހަގަކުރެއްވިއެވެ. މެމްބަރު ވަނީ ސިޔާސީ ގޮތުން ފައިދާއެއް ނުލިބުނަސް ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރެވިގެން ދިޔުމުން އޭގެ ލާބައާއި މަންފާވެސް ލިބޭނީ ހަމަ ރައްޔިތުންނަށް ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން، ފާއިތުވި ރޯދަ މަހުވެސް ބާޒާރު މަތީގައި ހަލަބޮލިކަމެއް ނެތި އަމާންކަމާއި ހިތްހަމަޖުމާއި ފަސޭހަކަމާއެކު ރައްޔިތު މީހާއަށް ބާޒާރުކޮށްލެވުނު ކަމަށް މެމްބަރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މާލޭގެ އުތުރުފަރާތް ބަނދަރު ފަރާތުން އޮޑިދޯނި ފަހަރުތަކަށް ފަސޭހަކަމާއެކު ފެނާއި ކަރަންޓު ލިބޭކަމަށް މެމްބަރު ވިދާޅުވިއެވެ.

މިކަމުން ވެސް ދޭހަވަނީ މި ސަރުކާރުން ރައްޔިތުންނަށް ރަނގަޅު މަންފާ ލިބޭނެ ކަންކަން ކޮށްދެއްވަމުން ގެންދަވާކަން ކަމުގައި މެމްބަރު ވިދާޅުވިއެވެ. އެހެންނަމަވެސް ހިތާމައަކީ އިދިކޮޅު ފަރާތްތަކުން މި ސަރުކާރުން ހިންގާ އެއްވެސް މަޝްރޫއަކީ ރައްޔިތުންނަށް ހެވާ ލާބައާއި މަންފާއެއް ލިބޭނެ މަޝްރޫއެއްގެ ގޮތުގައި ރައްޔިތުންނަށް ކިޔާދޭން ބޭނުންނުވުން ކަމުގައި މެމްބަރު ވިދާޅުވިއެވެ. އަދި އިދިކޮޅު ޕާޓިތަކުން އެކަން އެގޮތަށް ނުވެސް ކުރާނެ ކަމަށާއި އިދިކޮޅު ސިޔާސީ ޕާޓިއެއްގެ ޒިންމާއަކީވެސް ސަރުކާރުން ކިތަންމެ ރަނގަޅަކަށް ކަމެއް ކުރިޔަސް ސަރުކާރުގެ ބޮލުގައި ނުބައި ޒިންމާ އަޅުވާ އެއީ ދޮގާއި މަކަރާއި ހީލަތުން ކުރާކަމެެއްގެ ގޮތުގައި ރައްޔިތުންނަށް ދައްކުން ކަމުގައި ވިދާޅުވެ މެމްބަރު ވަނީ ނުރުހުން ފާޅުކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: