ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުލަތަށް ޑޮލަރުން ލިބުނު އާމްދަނީ 867.9 މިލިއަނަށް އަރައިފި

އެމްއެމްއޭ ބިލްޑިންގ/ފޮޓޯ: ކޯޕަރެޓް މޯލްޑިވްސް
ޝެއާރކޮށްލާ ކަހަލަދޯ؟

މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ދައުލަތަށް ޑޮލަރުން ލިބުނު އާމްދަނީ 867.9 މިލިއަނަށް އަރައިފިއެވެ.

ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓަމިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 791.3 މިލިއަން ޑޮލަރާ އަޅާބަލާއިރު 76.5 މިލިއަން ޑޮލަރު ނުވަތަ 9.6 އިންސައްތައިގެ ކުރިއެރުމެކެވެ.

ޑޮލަރުން ލިބުނު އާމްދަނީގެ އެންމެ ބޮޑު ހިއްސާއެއް އަދާކުރަނީ ފަތުރުވެރިކަމުގެ ދާއިރާގެ ޖީ.އެސް.ޓީ (ޓީ.ޖީ.އެސް.ޓީ) އެވެ. އެގޮތުން ޓީ.ޖީ.އެސް.ޓީގެ ގޮތުގައި 431.4 މިލިއަން ޑޮލަރު ލިބިފައިވެއެވެ.

މީގެ އިތުރުން، އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި 88.1 މިލިއަން ޑޮލަރު، ގްރީން ޓެކްސްގެ ގޮތުގައި 79 މިލިއަން ޑޮލަރު، އަދި ފަތުރުވެރިކަމަށް ދޫކޮށްފައިވާ ބިމުގެ ކުލީގެ ގޮތުގައި 73.6 މިލިއަން ޑޮލަރު ދައުލަތަށް ލިބިފައިވެއެވެ.

ހަމައެއާއެކު، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 69.8 މިލިއަން ޑޮލަރު އަދި ޑިޕާޗާ ޓެކުހުގެ ގޮތުގައި 69.1 މިލިއަން ޑޮލަރު ދައުލަތަށް ވަނީ ބަލައިގަނެވިފައެވެ.

ޖުލައި 2، 2026 ގެ ނިޔަލަށް ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ އަދަދު ވަނީ 22.4 ބިލިއަން ރުފިޔާއަށް އަރާފައިވައެވެ. އެއީ 2025 ވަނަ އަހަރުގެ މި މުއްދަތުގައި ލިބުނު 20.3 ބިލިއަން ރުފިޔާއާ އަޅާބަލާއިރު، މިއަހަރުގެ އާމްދަނީ ވަނީ 2.1 ބިލިއަން ރުފިޔާ ނުވަތަ 10.4 އިންސައްތަ އިތުރުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: