ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”މަތީ އަރުތަވެރިންގެ އިނާމު 2025″ގެ 5ވަނަ ދަންފަޅި ރައީސް ޝަރަފުވެރިކޮށްދެއްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، ”މަތީ އަރުތަވެރިންގެ އިނާމު 2025″ގެ ފަސްވަނަ ދަންފަޅި ޝަރަފުވެރިކޮށްދެއްވައިފިއެވެ.

ސެންޓަރ ފޯ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން ހުޅުމާލޭގައި ރޭ ކުރިއަށްގެންދިޔަ މި ރަސްމިއްޔާތުގައި ވަނީ، ސާނަވީ އަދި މަތީ ސާނަވީ ތަޢުލީމު ނިންމާ އިމްތިހާނުތަކުގެ ވަކި ވަކި މާއްދާތަކުން މުޅި ރާއްޖެއިން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށާއި، ސާނަވީ ތަޢުލީމު ނިންމާ އިމްތިހާނުތަކުން ”ހައި އެޗީވްމަންޓް އެވޯޑު“ ހޯދި ދަރިވަރުންނަށާއި، ސާނަވީ އިމްތިޙާނުން ”އައުޓްސްޓޭންޑިންގ ޕިއަރސަން އެވޯޑް“ އަދި މަތީ ސާނަވީ އިމްތިޙާނުން ”އައުޓްސްޓޭންޑިންގ ކެމްބްރިޖް ލަރނަރ އެވޯޑް“ އާއި ”ހައި އެޗީވަރޒް ސްކޮލަރޝިޕް“ ހޯދި ދަރިވަރުންނަށް އިނާމު ހަވާލުކުރައްވާފައެވެ. މީގެ ތެރެއިން އެންމެ ޝަރަފުވެރި އެވޯޑުތައް ހާސިލުކުރި ދަރިވަރުންނަށް އިނާމު ހަވާލުކޮށްދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާއެވެ.

ރޭގެ ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވުމުން، އެމަނިކުފާނަށް އޮނަރ ގާޑެއް ވަނީ އަރުވާފައެވެ. އަދި، ދަރިވަރުން ވަނީ އެމަނިކުފާނަށް މަރުޙަބާ ދަންނަވައި ހަނދާނީ ހަދިޔާއެއް އަރުވާފައެވެ.

ތަޢުލީމާއި މަތީ ތަޢުލީމުގެ ފުރުޞަތުތައް ފުޅާކޮށް، ތަޢުލީމީ އަދި ފަންނީ ޒުވާނުން އިތުރުކުރުމަށް މަގުފަހިކޮށްދެއްވުމަކީ، މި ޤައުމުގެ ދުރު ރާސްތާގެ ތަރައްޤީއަށް މި ސަރުކާރުން ކުރާ ތަސައްވުރުގެ މުހިންމު އަމާޒެކެވެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: