ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގުޅީފަޅު ގޯތިތައް ހުންނާނެ ގޮތް ޑިޖިޓަލީ ދައްކާލާ، މިހަފްތާ ތެރޭގައި ހަވާލުކުރެވޭނެ: މުއްތަލިބު

ނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް ޑރ. އަބްދުﷲ މުއްތަލިބު / ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ގުޅީފަޅުން ގޯތި ދެވެންހުރި ފަރާތްތަކަށް މިހަފްތާގެ ތެރޭގައި ޑިޖިޓަލީ ގޯތި ހުންނާނެ ގޮތް ދައްކާލާ، ގޯތި ހަވާލުކޮށް ނިންމާލެވޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެވަޑައިގެން، މައްޗަންގޯޅި މެދު ދާއިރާގެ މެމްބަރު އަޙުމަދު ސަމީރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

މެމްބަރު ސަމީރު ވަނީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ކަނޑާއި ފަޅުތަކުން ގޯތި ދީފައިވާއިރު، އެ ތަންތަން ހިއްކުން މި ސަރުކާރަށް މަޖުބޫރުތޯ ސުވާލު ކުރައްވާފައެވެ. މި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ކުރީ ސަރުކާރުން ފަށާފައިވާ މަޝްރޫއެއް ކަމުގައި ވިޔަސް މި ސަރުކާރުގެ ސިޔާސަތަކީ އެ މަޝްރޫއުތައް ނިންމައި ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށެވެ.

 ”މިހާރު ގުޅީފަޅުގެ މަސައްކަތް ނިންމާ އިރާދަކުރެއްވިއްޔާ މިހަފްތާގެ ތެރޭގައި އަޅުގަނޑުމެން މިބަލަނީ ގޯތި ދެވެންހުރި ހުރިހާ ފަރާތްތަކަށް ޑިޖިޓަލް ގޮތަށް ގޯތި އެބޭފުޅުންނަށް ފެންނަގޮތަށް ބަލާފައި، ގޯއްޗާ ހަވާލުވުމުގެ ފުރުސަތު ދޭން،“

މީގެ އިތުރުން އެ ބިންތަކުގައި ވަށާފާރު ރޭނުމުގެ ފުރުސަތުވެސް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ގިރާވަރު ފަޅުގެ މަސައްކަތާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ، އެތަން ހިއްކުމުގެ މަސައްކަތް މަޑުޖެހުނީ މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ކަމަށެވެ. ނަމަވެސް މި މަހުގެ ތެރޭގައި ބާކީ އޮތް 50 ވަރަކަށް ހެކްޓަރު ހިއްކަން ފެށޭނެ ކަމަށާއި، މަސައްކަތް ނިމުނުހާ އަވަހަކަށް ހައްގުވެރިންނާ ގޯތި ހަވާލުކުރާނެ ކަމަށް ވިދާޅުވިއެވެ. ހުޅުމާލެ ފޭސް 3 ގެ ބިން ހިއްކައި މިހާރު ގޯތި ހަވާލުކޮށް ނިމިފައިވާކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ނިންމާލައްވަމުން މިނިސްޓަރު ތަކުރާރުކުރެއްވީ، ރާއްޖޭގެ ކޮންމެ ރަށެއްގައި ވިޔަސް މަޝްރޫއެއް ފަށާފައިވާނަމަ އެ މަޝްރޫއެއް ކުރިއަށް ގެންގޮސް ނިންމުމަކީ މި ސަރުކާރުގެ ސިޔާސަތު ކަމަށެވެ. ނަމަވެސް މި ސަރުކާރުގެ އެޖެންޑާގެ ތެރެއިން ކުރީގެ މަޝްރޫއުތައް ކުރިއަށް ގެންދާއިރު ބައެއް ދަތިތަކާ ކުރިމަތިވާކަންވެސް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: