ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭ ވޮކޭޝަނަލް ހައި ސްކޫލްގެ އައު އިމާރާތް އެޅުމުގެ މަސައްކަތް އޮގަސްޓް މަހު ފަށަނީ

ތަޢުލީމާއި ހުނަރުތައް ތަރައްްޤީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު
ޝެއާރކޮށްލާ ކަހަލަދޯ؟

ކިޔަވާ ކުދިންނަށް އަމަލީ މަސައްކަތްތައް ދަސްކޮށްދީ، ފަންނީ ދާއިރާތަކުން ކުރިއަށް ދިއުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ސަރުކާރުން ގާއިމުކުރާ ”މާލޭ ވޮކޭޝަނަލް ހައި ސްކޫލް“ ގެ އައު އިމާރާތް އެޅުމުގެ މަސައްކަތް އަންނަ އޮގަސްޓް މަހުގެ ތެރޭގައި ބަޔަކާ ހަވާލުކުރުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ނިންމައިފިއެވެ.

މިކަން ހާމަކުރެއްވީ މަތީ ތަޢުލީމާއި، ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާއިލް ޝަފީއުއެވެ. އެމަނިކުފާނު މިކަން ހާމަކުރެއްވީ ހުޅުމާލޭ ސީއެޗްއެސްސީގައި ބޭއްވި ’މަތީ އަރުތަވެރިންގެ އިނާމު 2025‘ ދިނުމުގެ ރަސްމިއްޔާތުގެ 4 ވަނަ ދަންފަޅީގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރޭގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، 2023 ވަނަ އަހަރު މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު މަތީ ސާނަވީ މަރުހަލާއަށް ދަނީ ގްރޭޑް 10 ގައި ތިބި ދަރިވަރުންގެ ގާތްގަނޑަކަށް %34 ކަމަށެވެ. ނަމަވެސް ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި ގެނެވުނު ސިޔާސަތުތަކާއެކު، މިހާރު %48 ދަރިވަރުން މަތީ ސާނަވީ މަރުހަލާގައި ކިޔަވަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. މިއީ ދިވެހި ރައްޔިތުންނަށް ލިބުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ވަޒީރު ސިފަކުރެއްވިއެވެ.

މާލޭ ވޮކޭޝަނަލް ހައި ސްކޫލާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ”މިދިޔަ އަހަރު މާލެ ވޮކޭޝަނަލް ހައިސްކޫލް ވާނީ އުފައްދާފައި. އެތަނުގެ ތެރޭގައި ދަރިވަރުން އެދަނީ ކިޔަވަމުން. އަދި މިހާރު އަޅުގަނޑުމެން އެންމެ ބޮޑަށް މަސައްކަތް ކުރަމުންދާ އެއްކަމަކީ މި އަހަރުގެ އޮގަސްޓްމަހުގެ ތެރޭގައި މާލޭ ވޮކޭޝަނަލް ހައި ސްކޫލަށް މުޅިން އައު އިމާރާތެއް އެޅުމަށް ބަޔަކާއި ހަވާލުކުރުމަށް ކުރަމުންދާ މަސައްކަތް،“ ކަމަށެވެ.

މީގެ އިތުރުން، އިންޑަސްޓްރީއާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ ތެރޭގައި ސްކިލް ޑިވެލޮޕްމަންޓް ބައި އޮތުމާއެކު، ވޯކް ބޭސް އެޕްރެންޓިޝިޕް ޕާތްވޭ ފުޅާކުރުމުގެ މަސައްކަތްވެސް ކުރިއަށްދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. ވަޒީރު ވިދާޅުވީ ސްކޫލް މަރުހަލާގައި ކިޔެވުމަށް އެންމެ ކުއްޖަކު އިތުރުކުރެވުނަސް، އެއީ ގައުމުގެ ހިއުމަން ކެޕިޓަލް ޑިވެލޮޕްމަންޓަށާއި ޒުވާނުން ބާރުވެރިކުރުވުމަށް ލިބޭ ބޮޑު ބާރެއް ކަމަށެވެ.

މި މަޝްރޫއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ތައުލީމީ ދާއިރާ ކުރިއެރުވުމަށާއި، ޒުވާނުންނަކީ މަސައްކަތްތެރި، އުފެއްދުންތެރި ބަޔަކަށް ހެދުމަށް ގެންގުޅުއްވާ ހާއްސަ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: