ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މައުލޫމާތު ހާމަނުކުރާތީ އައިކޮމްއިން ރައީސް އޮފީސް ޖުރިމަނާކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހޯދަން އެދިފައިވާ މައުލޫމާތުތައް، ދީފައިވާ މުއްދަތުގެ ތެރޭގައި ހާމަނުކުރުމާ ގުޅިގެން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން (އައިކޮމް) ރައީސް އޮފީސް ޖޫރިމަނާކޮށްފިއެވެ. މި މައްސަލައިގައި ރައީސް އޮފީސް ޖޫރިމަނާކޮށްފައިވަނީ 2،000 ރުފިޔާއިންނެވެ.

އައިކޮމްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރައީސް އޮފީސް ޖޫރިމަނާކުރަން ނިންމީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އެ އޮފީހުން ހޯދަން އެދޭ މައުލޫމާތުތައް، އެކި ފަހަރު މަތިން ދިން މުއްދަތުތަކުގެ ތެރޭގައި ފޯރުކޮށްދީފައި ނުވާތީ ކަމަށެވެ. މިއީ ގާނޫނުގެ 67 ވަނަ މާއްދާގެ (ނ) ގެ ދެވަނަ ނަންބަރުގެ ދަށުން އިންފޮމޭޝަން ކޮމިޝަނަރުގެ ވާޖިބުތަކަށް ހުރަސްއެޅުން ކަމަށް ބަލައި ނިންމި ނިންމުމެއް ކަމަށްވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ދާދިފަހުން ބޭއްވި އަޑުއެހުމެއްގައި އިންފޮމޭޝަން ކޮމިޝަނަރު ވަނީ، ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ ޖުމްލަ އަދަދާއި، އެ މުވައްޒަފުންނަށް ދެވޭ މުސާރަ އަދި އިނާޔަތްތަކުގެ ތަފްސީލުތައް ކުރިއަށް އޮތް 14 ދުވަހުގެ ތެރޭގައި ހާމަކުރުމަށް ރައީސް އޮފީހަށް އަންގާފައެވެ. މި މައުލޫމާތުތަކަކީ ހާމަނުކޮށް ހިފޭއްޓޭނެ ފަދަ މަގުބޫލު ގާނޫނީ ސަބަބެއް ރައީސް އޮފީހަށް ދެއްކިފައި ނުވާތީ، އެ މައުލޫމާތު އާންމުކުރުމަކީ ލާޒިމު ކަމެއް ކަމަށް ކޮމިޝަނަރު ކަނޑައެޅުއްވިއެވެ.

އިންފޮމޭޝަން ކޮމިޝަނަރު ވަނީ ކަނޑައެޅިފައިވާ 14 ދުވަހުގެ މުއްދަތުގައި އެ މައުލޫމާތު ފޯރުކޮށްނުދީފިނަމަ، އެ މައްސަލަ އިތުރަށް ބަލައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާނެ ކަމުގެ އިންޒާރުވެސް ދެއްވާފައެވެ. މިއީ އާރްޓީއައި ގާނޫނަށް އަމަލުނުކުރާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް އޮންނަ ގާނޫނީ އިޖުރާއަތެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: