ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގެގް އޯޑަރާ ގުޅިގެން އެމްޖޭއޭއިން ހުށަހެޅި އިސްތިއުނާފު ބަލައިނުގަތީ ގޯސްކޮށް ކަމަށް ހައިކޯޓުން ނިންމައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

’އަދަދު‘ ނޫހުން ތައްޔާރުކުރި ޑޮކިއުމެންޓްރީއަކާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު ގެގް އޯޑަރު ބާތިލުކުރުމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ހުށަހެޅި އިސްތިއުނާފީ މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުގެ ރަޖިސްޓްރާ ނިންމެވި ނިންމެވުން ގޯސްކަމަށް އެ ކޯޓުން މިއަދު ކަނޑައަޅައިފިއެވެ.

މި މައްސަލައަކީ ’އަދަދު‘ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ގަޒުފުކުރުމުގެ ދައުވާގެ ޝަރީއަތާ ގުޅިގެން ނެރުނު އަމުރެކެވެ

. އެމްޖޭއޭއިން މި އަމުރު އިސްތިއުނާފު ކުރުމުން ހައިކޯޓުގެ ރަޖިސްޓްރާ ކުރިން ނިންމެވީ އެ ޖަމިއްޔާއަށް އެ އަމުރު އިސްތިއުނާފު ކުރުމުގެ ހައްގު ނެތް ކަމަށް ބުނެ މައްސަލަ ބޭރުކޮށްލުމަށެވެ.

ނަމަވެސް، ރަޖިސްޓްރާގެ އެ ނިންމުން މުރާޖައާ ކުރުމަށް އެމްޖޭއޭއިން ހުށަހެޅުމުން، ހައިކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗަކުން މިއަދު ވަނީ އެ މައްސަލަ ބަލައިގަންނަން ޖެހޭނެ ކަމަށް ނިންމާފައެވެ. މި މައްސަލަ ބަލައިގަންނަން ފެންނަ ކަމަށް ރައުޔު ދެއްވީ އިސްފަނޑިޔާރު އަބްދުﷲ ޖަމީލް މޫސާ އާއި ފަނޑިޔާރު އިބްރާހީމް މާހިރެވެ. ފަނޑިޔާރު ދީބާނާޒް ފަހުމީގެ ރައުޔަކީ މައްސަލަ ބަލައިގަންނަން ނުފެންނަ ކަމަށެވެ.

މައްސަލަ ބަލައިގަންނަން ނިންމެވި ފަނޑިޔާރުންގެ ރައުޔުގައި ފާހަގަކުރައްވާފައިވަނީ، ކްރިމިނަލް ކޯޓުން އެ ގެގް އޯޑަރު ނެރުނުއިރު ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ އެއްވެސް މާއްދާއަކަށް ހަވާލާދީފައި ނުވާ ކަމަށެވެ. އަދި އެއީ ޝަރީއަތުގެ ކުރިން ހުށަހެޅި ހުށަހެޅުމަކާ ގުޅިގެން ނެރުނު އަމުރެއް ނޫން ކަމަށްވެސް ފަނޑިޔާރުން ފާހަގަކުރެއްވިއެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ މުޒައްމިލު ނާސިރު މި އަމުރު ނެރުއްވިއިރު، ’އަދަދު‘ ނޫހުގެ ދެ ނޫސްވެރިންގެ މައްޗަށް އުފުލާފައިވަނީ ގާނޫނުލްއުގޫބާތުގެ 612 ވަނަ މާއްދާގެ ދަށުން ގަޒުފުކުރުމުގެ ދައުވާއެވެ. މި ދައުވާގެ ޝަރީއަތް އިއްޔެ ކްރިމިނަލް ކޯޓުގައި ފަށާފައިވަނީ ސިއްރުކޮށްގެންނެވެ.

ހައިކޯޓުގެ މިއަދުގެ ނިންމުމާއެކު، އެމްޖޭއޭއިން ހުށަހެޅި އިސްތިއުނާފީ މައްސަލަ ކުރިއަށް ގެންދިއުމުގެ ފުރުސަތު މިވަނީ ހުޅުވިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: