ކޯވިޑް-19 އާއި ގުޅިގެން މާލެއާއި ހުޅުމާލެއާއި ދެމެދު ކުރާ ބަސްދަތުރުގެ ވަގުތުތަކަށް ބަދަލުގެނެސްފިއެވެ.
ގްރޭޓަރ މާލެ ޓްރާންސްޕޯޓް ލިންކުން އަންގާރަ ދުވަހުގެރޭ ކުރި ޓްވީޓެއްގައި ބުނީ، ކޮންމެ ދުވަހެއްގެ ހަވީރު 17:00 އިން ފެށިގެން ރޭގަނޑު 20:00 އާއި ހަމައަށް ކާފިއު ގަޑި ކަނޑައަޅާފައިވާތީ، އެޗްޕީއޭއިން ވަކި ގޮތެއް އަންގަންދެން، ބަސް ޝެޑިއުލްއަށް ބަދަލުތަކެއް ގެނެސްފައިވާކަމަށެވެ.
މި ގޮތުން،2020 އޭޕްރީލް 8 ވަނަ ދުވަހުންފެށިގެން ރޫޓް 1، އަދި ކާނިވާ ސަރަޙައްދުގެ އެންމެ ފަހު ދަތުރުނަގާނީ 15:45 ގައެވެ.
މީގެ އިތުރުން، ޚިދުމަތްދެމުން ގެންދާނީ، ރޭގަނޑު 22:00 އަށްކަމަށް ވެސް، ގްރޭޓަރ މާލެ ޓްރާންސްޕޯޓް ލިންކުން ބުނެއެވެ.
ކާފިއުގެ ފުރަތަމަ ދުވަސްކޮޅުގައިވެސް ބަސް ޝެޑިއުލްއަށް ބަދަލުތަކެއް ގެނެސްފައިވެއެވެ. އޭރު ހަވީރު އެންމެފަހު ދަތުރު 16:00 ގައި ނަގާއިރު، ޚިދުމަތްދެމުންދިޔައީ، ރެގަނޑު 23:00 އަށެވެ.

