ކާފިއު ވަގުތުގެކުރިން، އެމްޓީސީސީން ވިލިމާލެއަށް ޝެޑިއުލްކުރާ އެންމެ ފަހު ފެރީގެ ގަޑިއަށް ބަދަލުގެނެސްފިއެވެ.
އެމްޓީސީސީން އަންގާރަދުވަހު ކުރި ޓްވީޓެއްގައި ބުނީ، ކާފިއުގެ ވަގުތުގެ ކުރިން ޝެޑިއުލްކުރާ އެންމެ ފަހު ފެރީ މީގެފަހުން އޮންނާނީ، ހަވީރު 16:20 ގައި ކަމަށެވެ.
މީގެ އިތުރުން، އެމްޓީސީސީން ބުނީ، ޓާރމިނަލްތެރޭގައި ތޮއްޖެހުން ކުޑަކުރުމަށް ދުރާލައި ތައްޔާރުވެގެން ތިބުމަށް ރައްޔިތުންގެ ކިބައިން އެދޭކަމަށެވެ.
ވޭތުވެދިޔަ ދުވަސްތަކުގައި މާލެއިން ވިލިމާލެއަށް ކާދިއުޔ ވަގުތުގެކުރިން އެންމެފަހު ފެރީ ޝެޑިއުލްކޮށްފައި އޮތީ ހަވީރު 16:30 ގައެވެ. މީގެ އިތުރުން އެ ކުންފުނިންވަނީ، އެއް ފެރީން ދަތުރުކުރެވޭނެ މީހުންގެ ޢަދަދު މަދުކޮށްފައެވެ. މި ގޮތުން 100 މީހުންގެ ޖާގަ ހިމެނޭ ފެރީއެއްގައި، މިހާރު ދަތުރުކުރެވޭނީ 50 މީހުންނަށެވެ. މީގެ އިތުރުން، އެ ކުންފުނިންވަނީ، އެއަރޕޯޓަށް ކުރާ ދަތުރުތައް، މެންދުރުފަހު 13:00 އިން ފެށިގެން، ހަވީރު 17:00 އަށް މެދުކަނޑާލައިފައެވެ.

