ފުޅާ ދާއިރާއެއްގައި އައިސްކްރީމްގެ އެކި ފްލޭވާތައް ވިއްކަމުން އަންނަ ދުނިޔޭގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ މޫވްއެންޕިކްގެ މާލޭގެ އައުޓްލެޓުން އައިސްކްރީމް ޑެލިވަރީގެ ހިދުމަތް ފަށައިފިއެވެ.
ރާއްޖޭގައި އައިސްކްރީމް ޑެލިވަރީ ހިދުމަތް ދޭން މި ފެށީ އަލަށެވެ.
މޫވްއެންޕިކުން ބުނީ، މޫވްއެންޕިކުން އައިސްކްރީމް ޑެލިވަރީ ހިދުމަތް ދޭން ފެށީ، ކޮވިޑް-19 އާއި ގުޅިގެން ގޭގައި މީހުން ތިބުމަށް އިރުޝާދު ދީފައިވާއިރު، ގޭގައި ތިބެގެންވެސް އައިސްކްރީމް ކާލަން ބޭނުންވާ މީހުންނަށް އެ ހިދުމަތް ދިނުމުގެ ގޮތުން ކަމަށެވެ. އެތަނުން ފުރަބަންދު ވަގުތުގައިވެސް އައިސްކްރީމް ޑެލިވަރީކޮށްދޭނެއެވެ.

އެތަނުން ޑެލިވަރީ ހިދުމަތް ދެމުން ގެންދާނީ މާލެ އަށެވެ. ކަސްޓަމަރުންގެ ޑިމާންޑު ބޮޑުވާނަމަ ހުޅުމާލެއަށްވެސް ޑެލިވަރީ ހިދުމަތް ދިނުމަށް މޫވްއެންޕިކުން ތިބީ ތައްޔާރަށްކަމަށް އެފަރާތުން ބުނެއެވެ.
މޫވްއެންޕިކުން އެތައް ފްލޭވާއެއްގެ އައިސްކްރީމް ވިއްކަމުން އަންނައިރު، ޑެލިވަރީ ކޮށްދޭން ނިންމާފައި ވަނީ ނުވަ ފްލޭވާއެކެވެ. 150 ރުފިޔާއަށް ވުރެ މަތިން އޯޑަރު ކުރާ ކޮންމެ ފަރާތެއްގެ ގޭގެ ދޮރާއްޓާއި ހަމައަށް އައިސްކްރީމް ތަށި ގެންގޮސްދޭނެއެވެ.

މީގެ އިތުރުން ހަތަރު ވައްތަރެއްގެ ބުއިމެއްވެސް ޑެލިވަރީ ކޮށްދިނުމަށް ވަނީ ނިންމާފައެެވެ.
އެތަނުން ހެނދުނު 11:00 އިން ރޭގަނޑު 11:00 އާއި ހަަމައަށް ޑެލިވަރީ ހިދުމަތް ދެމުންގެންދާއިރު، ޑެލިވަރީއަށް ގުޅަންވީ ނަމްބަރަކީ 9561012 އަށެވެ.
މޫވެންޕިކްއަކީ، އައިސްކްރީމްގެ އެތައް ފްލޭވާއެއް ވިއްކަމުން އަންނަ ބައެކެވެ.

