ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަޒީފާގެއްލޭ މީހުންނަށް އެލަވަންސްލިބޭނީ އޭޕްރީލް މަސްނިމުމުން: ސަރުކާރު

ކޯވިޑް-19 އިގެ ސަބަބުން، ރިސޯޓުތަކުގައި މަސައްކަތްކުރާ ގިނަ މީހުންގެ ވަޒީފާ މިހަރުވަނި ގެއްލިފައި. ފޮޓޯ: ވެލިގަނޑު.ކޮމް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޯވިޑް-19 އާއި ގުޅިގެން، ވަޒީފާގެއްލޭ މީހުންނަށް އެލަވަންސް ލިބޭނީ، އޭޕްރީލް މަސްނިމުމުންކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

މިކަން ހާމަކޮށްފައިވަނީ، ކޯވިޑް-19 ގެ ބަލިމަޑުކަމުން ކުރިމަތިވެފައިވާ އިޤުތިޞާދީ ދަތިތަކުން އަރައިގަތުމަށްޓަކައި އެކުލަވާލައިފައިވާ، އިކޮނޮމިކް ރިލީފް ޕެކޭޖުގައެވެ.

ފިނޭންސް މިނިސްޓްރީން އަންގާރަދުވަހު ނެރުނު ނޫސްބަޔާނުގައި އިޢުލާންކޮށްފައިވާ، މި ޕެކޭޖުގައި ބުނާގޮތުން، ކޯވިޑް-19 އާއި ގުޅިގެން ވަޒީފާގެއްލޭ މީހުންނަށް 3 މަސްދުވަހުގެ އެލަވަންސެއް ލިބޭނެއެވެ. އެހެނަސް މި އެލަވަންސް ލިބޭނީ، މަސްނިމޭއިރުކަމަށް ވެސް އެ ޕެކޭޖުގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން، އެ ބަޔާނުގައި ބުނީ، މި އެލަވަންސް ހޯދުމަށް ޖޮބް ސެންޓަރުގެ ޕޯޓަލްގައި ރަޖިސްޓްރީކުރަންޖެހޭނެކަމަށާއި، އެކަމުގެ ތަފްސީލުތައް ސަރުކާރުން ޢާންމުކުރާނެކަމަށެވެ.

މިހާތަނަށް ވަޒީފާގެ ހާލަތު ބަދަލުވެގެން، 723 މީހަކުވަނީ، ވަޒީފާގެއްލޭ މީހުންނާއި، މުސާރަ އުނިކުރުމުގެ މައްސަލަތަކުގެ ޝަކުވާތަށް ހުށަހަޅަން ޤާއިމުކޮށްފައިވާ ޕޯޓަލްއަށް ޝަކުވާހުށަހަޅާފައިވާއިރު، އޭގެތެރެއިން 185 މީހުންނަކީ، ވަޒީފާއިން ވަކިކޮށްގެން ޝަކުވާ ހުސަހަޅާފައިވާ މީހުންކަމަށް، ކޯވިޑް-19 އިގެ ޓާސްކްފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒުވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން، ނޯޕޭއަށް ފޮނުވާލައިފައިވާ 245 މީހުންވަނީ ޖޮބް ޕޯޓަލްގައި ރަޖިސްޓްރީވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: