ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގުޅިފަޅު މީހުންނަށް ގޯތީގެ ބިން ހަވާލު ކުރިކަމުގެ ލިޔުން އޮންލައިންކޮށް ދޫކުރަން ފަށައިފި

ގުޅީފަޅުު. ފޮޓޯ:ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ބިންވެރިޔާ ސްކީމްގެ ދަށުން ގުޅީފަޅުން ގޯތި ލިބުނު ފަރާތްތަކަށް، ގޯތި ހަވާލުކުރިކަމުގެ ލިޔުން އޮންލައިންކޮށް ދޫކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މި ލިޔުން ހޯދުމަށްޓަކައި ’ހިޔާވެހި ޕޯޓަލް‘ އަށް އީފާސް މެދުވެރިކޮށް ލޮގިންވެ، ލިޔުން ޑައުންލޯޑް ކުރެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ދޫކުރާ ލިޔުމުގައި ހިމެނޭ ކިއުއާރް ކޯޑު ނުވަތަ ލިންކު މެދުވެރިކޮށް، މެޕުން ގޯތީގެ ލޮކޭޝަން ބަލައިލެވޭނެ އިންތިޒާމުވެސް ވަނީ ގާއިމުކޮށްފައެވެ.

އޮންލައިންކޮށް މި ލިޔުން ލިބޭނީ ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާ ގުޅިގެން އަލުން ރަޖިސްޓްރީއާ ހަވާލުވެފައިވާ ފަރާތްތަކަށެވެ. މިއީ ސަރުކާރުން ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެކެވެ.

ނަމަވެސް، މަސައްކަތު ސައިޓެއްގެ ގޮތުގައި މިހާރު ބޭނުންކުރާ ސަރަހައްދުތަކުން ގޯތި ލިބުނު ފަރާތްތަކަށް ލިޔުން ދޫކުރާނީ އެ ސަރަހައްދެއްގައި ކުރިއަށްދާ މަސައްކަތްތައް ނިމުމުން ކަމަށް ކަމާބެހޭ އިދާރާތަކުން މައުލޫމާތު ދެއެވެ.

މި ބަދަލާއެކު، ކުރިން ގުޅީފަޅަށް ގޮސްގެން ލިޔުން ހޯދަންޖެހޭ އުސޫލު ނިމުމަކަށް އައިސް، ގޯތީގެ މިހާރުގެ ހާލަތު ’ހިޔާވެހި ޕޯޓަލް‘ މެދުވެރިކޮށް ކޮންމެ ވަގުތަކުވެސް ބަލައިލެވޭނެ މަގު ވަނީ ތަނަވަސްވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: