ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުވައްމުލަކުގެ މަގު ހެދުމުގެ މަޝްރޫޢުގެ 87 ޕަސެންޓް މަސައްކަތް ނިމިއްޖެ

ފޮޓޯ: އެމްޓީސީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ފުވައްމުލަކުގެ މަގު ހެދުމުގެ މަޝްރޫޢުގެ 87 ޕަސެންޓް މަސައްކަތްތައް ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރްކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އިން ބުނެފިއެވެ.

އެމްޓީސީސީއިން ކުރި ޓުވީޓެއްގައި ބުނީ، މި މަޝްރޫޢުގެ 87 ޕަސެންޓު ނިމިފައިވާކަމަށާއި، އަންނަ އޯގަސްޓުމަހުގެ ތެރޭގައި މި މަސައްކަތްތައް ނިންމައިލެވޭނެކަމަށެވެ.

https://twitter.com/MTCCPlc/status/1247744474437967873?s=20

މީގެ އިތުރުން އެމްޓީސީސީން ބުނީ، މި މަޝްރޫޢުގެދަށުން، 20،650 އަކަ މީޓަރުގެ މަގުގައި އެއްކޮށް ތާރުއަޅައި، 10،325 އަކަ މީޓަރުގައި ދުވާރު ހެދުމަށް ހަމަޖެހިފައިވާކަމަށެވެ.

އެމްޓީސީން މި މަޝްރޫޢު ފަށާފައިވަނީ މި ހުސްވި އަހަރުގެ އޯގަސްޓުމަހުގެ 25 ވަނަ ދުވަހުގައެވެ. ފުވަމުލަކުގެ އިތުރުން، އެމްޓީސީސީން އަންނަނީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ވެސް ޒަމާނީ ފެންވަރަށް މަގުހެދުމުގެ މަޝްރޫޢުތައް ކުރިއަށް ގެންދަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: