ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލ. ހިތަދޫއިން ކަރަންޓު ކެނޑޭ މައްސަލައިގައި ފެނަކަ އެމްޑީ މަޖިލީހަށް ހާޒިރުކޮށްދޭން އެދިއްޖެ

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަފީފް ހުސައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ލ. ހިތަދޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުނުވެ ދިގުލައިގެންދާތީ، ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަފީފް ހުސައިން ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް ހާޒިރުކޮށްދިނުމަށް މާވަށު ދާއިރާގެ މެންބަރު އަހްމަދު ޝާކިރު އެދިވަޑައިގެންފިއެވެ.

މެންބަރު ޝާކިރު ފާހަގަކުރެއްވި ގޮތުގައި، ހިތަދޫގައި ކަރަންޓު ދިނުމަށް ބޭނުންކުރާ ތިން ޖެނެރޭޓަރުގެ ތެރެއިން ދެ ޖެނެރޭޓަރު ވަނީ ހަލާކުވެފައެވެ. މީގެ ސަބަބުން ރަށުގެ އެކި ސަރަހައްދުތަކުން ކޮންމެ 30 މިނެޓަކުން ކަރަންޓު ކެނޑެމުންދާތީ، ރައްޔިތުންގެ އާންމު ދިރިއުޅުމަށް ވަނީ ބޮޑެތި ދަތިތަކަކާ ކުރިމަތިވެފައެވެ.

”ކަރަންޓު ކެނޑުމުގެ ސަބަބުން ގޭގޭގައި ބޭނުންކުރާ އަގުބޮޑު އިލެކްޓްރޯނިކް ސާމާނުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދޭ،“ މެންބަރު ވިދާޅުވިއެވެ.

ކަރަންޓަށް އަންނަ ލޮޅުންތަކުގެ ސަބަބުން އާންމުންގެ މުދަލަށް ލިބެމުންދާ ގެއްލުންތަކާ މެދު އޭނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް މި އަހަރު ފެށުނީއްސުރެ ރަށުގެ ރައްޔިތުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން މެންބަރު ފާހަގަކުރެއްވިއެވެ. ނަމަވެސް، މިހާތަނަށް ސަރުކާރަށް މިކަމުގައި އެދެވޭ ހައްލެއް ހޯދައިދެވިފައި ނުވާކަމަށް ޝާކިރު ވިދާޅުވިއެވެ.

ފެނަކަ ކޯޕަރޭޝަނުން ކަރަންޓުގެ ހިދުމަތް ދޭ އެހެން ގިނަ ރަށްތަކެއްގައިވެސް ކަރަންޓު ކެނޑުމުގެ މައްސަލަ ދިމާވަމުންދާކަމުގެ ޝަކުވާތައް ވަނީ އިތުރުވެފައެވެ. މިފަދަ މައްސަލަތަކާ ގުޅިގެން ކުންފުނީގެ ހިންގުމާއި، ހިދުމަތުގެ ފެންވަރާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: