7 ފެބްރުއަރީ 2012 ގައި އެމްޑީޕީގެ ވެރިކަން ބަދަލުވުމަށް ފަހު ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީން ރެއާއި ދުވާލު ކުރަމުންދިޔަ މަސައްކަތަކީ އެމްޑީޕީގެ ދެ ވަނަ ސަރުކާރެއް ގެނައުމުގެ މަސައްކަތެވެ. ހާއްސަކޮށް ރައީސް ނަޝީދު ކުރައްވަމުން ގެންދެވި މަސައްކަތްޕުޅަކީ ދެ ވަނަ ފަހަރަށް ރާއްޖޭގެ ވެރިކަމަށް އައުމުގެ މަސައްކަތެވެ. އެކަމަށްޓަކައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ގިނަ މަސައްކަތްތަކެއް ރައީސް ނަޝީދު ކުރެއްވިކަން އެއީ އެންމެން ގަބޫލުކުރާ ހަގީގަތެކެވެ.
ރައީސް ނަޝީދު ދެވަނަ ފަހަރަށް ރާއްޖޭގެ ވެރިކަމުގެ ތަހުތަށް ވަޑައިގަތުމަށް ކުރެއްވި މަސައްކަތުގެ ދަށުން 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ނަމަވެސް އެމަނިކުފާނު ގެންގުޅުއްވާ ފިކުރުގެ ސަބަބުން އިންތިހާބު ކާމިޔާބްވާ ގޮތެއް ނުވިއެވެ. އޭގެ ފަހުން ރައީސް ނަޝީދަށް ރާއްޖޭގެައި ސިޔާސީ މަސައްކަތްޕުޅު ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިނުގެންނެވި ތަނުގައި 2018 ަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވެސް ވާދަކުރެއްވުމުގެ ފުރުސަތު ލިބިވަޑައެއް ނުގެންނެވިއެވެ. އޭގެ ބަދަލުގައި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ރާއްޖޭގެ ވެރިކަމުގެ ތަހުތައް ކުރިމަތިލެއްވުމުގެ ފުރުސަތު ލިބިވަޑައިގެންނެވީ ރައީސް ނަޝީދުގެ އެންމެ ގާތް އެކުވެރިޔާ ހިންނަވަރު އިބްރާހިމް މުހައްމަދު ސާލިޙްއަށެވެ.
ހަގީގަތަކުގައި މިއަދުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިޙް ދިވެހިރާއްޖޭގެ ވެރިކަމުގެ ތަހުތައް ވެޑުވުމަކީ ރައީސް ނަޝީދު ދުވަހަކުވެސް ބޭނުންފުޅުވި ގޮތެއް ނޫނެވެ. ރައީސް ނަޝީދުގެ އަރިސް ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި މާލެ މީހުން ފިޔަވައި ރާއްޖޭގެ އެހެހް ރަށަކަށް ނިސްބަޔްވާ މީހަކު ރާއްޖޭެ ވެރިކަމުގެ ތަޙުތައް ވަޑައިގެންނެވިދާނެ ކަމަކަށް ރައީސް ނަޝީދު ގަބޫލުފުޅެއް ނުކުރައްވައެވެ. ހާއްސަކޮށް ހިންނަވަރު ކުދިންނަށް ރާއްޖޭގެ ވެރިކަން ކުރެވިދާނެ ކަމަކަށް ރައީސް ނަޝީދު ގަބޫލުފުޅެއް ނުކުރައްވައެވެ. ނަމަވެސް ކަން ވެގެންދިޔައީ ރައީސް ނަޝީދު އުންމީދު ކުރެއްވި ގޮތަކަށް ނޫނެވެ. ޖެއްސެވި ހިސާބް ގޯސްވީއެވެ. ކުރެއްސެވި ވެރިކުގެ ކުރެހުން ހަމައެކަނި ކުރެހުމަކަށް ވެގެންދިޔައީއެވެ. އެމްޑީޕީގެ ދެ ވަނަ ވެރިކަން ގާއިމް ކުރެވިގެންދިޔައިރު ވެރިކަމުގެ ތާޖް އެޅުއްވީ ހިންނަވަރު އިބްރާހިމް މުހައްމަދު ސާލިޙްއެވެ.
ނަމަވެސް އެކަން ޤަބޫލުނުކުރެވޭ އެމްޑީޕީގެ މަތީ ފަޑީން ރައީސް ނަޝީދުއަށް ތާއިދުކުރައްވާ ބަޔަކާއި ޢާންމުންގެ ތެރެއިން މަދު ބަޔަކު ރައީސް ސާލިޙް ފެއިލްކޮށްލުމަށް ލައްކަ މަސައްކަތްތަކެއް ކޮށްފިއެވެ. އެކި ފަހަރު އެކި ނަންނަމުގައި އެކި ގޮތަށް އެކި މިސްރާބަށެވެ. ބައެއް ފަހަރަށް ދުވާލު ދެދެޅަޔަށް ކެބިނެޓްގެ މިނިސްޓަރުން މަޖިލީހަށް ހާޒިރުކޮށްގެން ސަރުކާރުގެ މަސައްކަތްތައް ލަސްކުރުވައި އުނދަގޫތައް ކުރިމަތިކޮށްގެންނެވެ. ދެފުށް ހޯދުމުގެ ނަމުގައި ސަރުކާރުގެ ކުންފުނިތަކުގެ ވެރިން މަޖިލީހުގެ ކޮމެޠޓީކަށް ހާޒިރުކޮށްގެންނެވެ. އެނެއްބައި ފަހަރަށް ސަރުކާރު މާ ސުލޯކަމުގައި ކިޔާ ބަދުނާމުކޮށްގެންނެވެ. ބައެއް ފަހަރަށް ކޯލިޝަން އޮވެގެން ސަރުކާރު ނުހިންގޭ ކަމަށް ބުނެ ކޯލިޝަން ރޫޅާލުމުގެ ވާހަކަ ދައްކަމުންނެވެ.
އެގޮތުން ރައީސް ނަޝީދު އިސްވެ ހުންނަވައިގެން އެންމެ ބާރަށް ކުރައްވަމުން ގެންދެވި މަސައްކަތަކީ ކޯލިޝަން ރޫޅާލުމުގެ މަސައްކަތެވެ. އެކަމުގެ ފުރަތަމަ ފިޔަވައްސަކަށް ހެއްދެވީ އެމްޑީޕީ ފިޔަވައި ކެބިނެޓްގައި ތިބި ވަޒީރުންނަށް ހަމަލާދީ، އިސްތިއުފާ ދިނުމަށް މަޖުބޫރު ކުރުމެވެ. އިސްތިއުފާ ނުދިން މީހަކު ނަމަ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން ޖަހަން ޖެހޭ ވެކްސިން ތައްޔާރު ކުރުމުގެ މަސައްކަތް ކުރިއެވެ.
ކޮންމެއަކަސް އެކިއެކި ނަމްނަމުގައި ސަރުކާރައި ރައީސް ސާލިޙް ފެއިލްކޮށްލުމަށް ކުރަމުންދިޔަ މަސައްކަތަށް ހުއްޓުމެއް ގެނުވީ މުޅި ދުނިޔެއަށް ކުރިމަވި ކޮރޯނާ ވައިރަހެވެ. ރައީސް ނަޝީދުއަކީ ވެރިމީހާ ކަމަށް ގަބޫލު ކުރައްވާ ފަރާތްތަކުން ރައީސް ސާލިޙް ފެއިލްކޮށްލުމަށް ކުރަމުންދިޔަ މަސައްކަތަށް ކޮރޯނާ ވައިރަސް ޖެހުނެވެ. އެއާއިއެކު މުޅި ޕްލޭން ގަޑުބަޑުވެ އެންމެ ފަހުން ކޮވިޑާ މަތިކޮށް ނަމަވެސް ސަރުކާރު ފެއިލްކޮށްލުމުގެ މަސައްކަތް ކުރިއެވެ. ނަމަވެސް އެކަންވެސްވެގެން ދިޔައީ ސައިބޯނި ބޮތްކަކަށެވެ. ބައެއްގެ ހިތަށް ކުރީ ވޭންދެނެވި ފުން އަސަރުތަކެކެވެ.
ކޮވިޑް 19 އާއެކު ދިވެހި ސަރުކާރުން އަޅުއްވަން ފެއްޓެވި ހަރުދަނާ ފިޔަވަޅުތަކާއެކު، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރަށް ރައްޔިތުން ކުރަމުންދިޔަ ތައުރީފާއި ހިތްވަރު ދިނުމުގެ މެސެޖުތަކުން މުޅި ސޯޝަލް މީޑިއާ ފުރާލިއެވެ.. ސަރުކާރުގެ ހަބަރު ނޫން އެހެން ހަބަރެއް މިއަދު މި ރާއްޖޭގައި ނެތްފަދައެވެ. ރައީސް ނަޝީދުގެ ހުރިހާ އަޑުތަކެއް ޤައުމުން ކެނޑިއްޖެކަހަލައެވެ.

މީޑިއާގައި އޮންނަނީ ސަރުކާރާއި ސަރުކާރުގެ މިނިސްޓަރުންނާއި ސިއްހީ މަސައްކަތްތެރީންގެ ވާހަކައެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ ޕްލޭންތަކުގެ ހަރުދަނާ ވާހަކައެވެ. ފަސްޖެހިވަޑައިގަތުމެއް ނެތި އަޅުއްވަމުން ގެންދަވާ ހަރުދަނާ ފިޔަވަޅުތަކުގެ ވާހަކައެވެ. ކޮރޯނާ ވައިރަހުގެ ހަނގުރާމައިގައި ކާމިޔާބް ހޯއްދެވުމުގައި ރައީސް ސާލިޙްއާއި އެމަނިކުފާންގެ ލަޝްކަރު ހޯއްދަވަމުން ގެންދަވާ ކާމިޔާބީތަކަކީ މުޅި ދުނިޔެ މިއަދު ދައްކަމުންދާ ވާހަތަކެކެވެ. ރައީސް ސާލިޙްއާއި އެމަނިކުފާންގެ ސަރުކާރުގެ ވާހަތަކަކީ ރައީސް ނަޝީދުގެ ވާހަކަތަކަށްވުރެ މީހުން ސަމާލުކަންދޭ ވާހަކަތަކަކަށް ވެގެން ހިނގައްޖެއެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ހަމަ ޙަޤީޤަތުގައި ވެސް ރައީސް ނަޝީދާއި ރައީސް ނަޝީދަށް ތާއީދުކުރައްވާ މެންބަރުންގެ މައްޗަށް ރައްޔިތުންގެ ކުރިމަތީގައި ބޮޑުތަނުން ކާމިޔާބު ހޯއްދަވައިފިއެވެ. މިއަދު އެމްޑީޕީގެ ވެރިކަމެއް އޮވެފައި، ރައީސްކަމުގެ ގޮނޑީގައި އިންނެވީ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ބަދަލުގައި ރައީސް ނަޝީދުކަމުގައި ވީނަމަ، ކޮރޯނާ ވައިރަހުގެ މިހަނގުރާމައިގައި މިހާތަނަށް ރާއްޖެ ހޯދާފައިވާ ކާމިޔާބީ ނުހޯދޭނެ ކަމީ ހުރިހައި ރައްޔިތުންވެސް މިއަދު ގަބޫލުކުރާ ހަގީގަތެކެވެ. އޭގެ ހެއްކަކީ މުޅި ދުނިޔެއަށް މި ނުރައްކާތެރި ކޮރޯނާ ވައިރަހުގެ މުސީބާތް ކުރިމަތިވުމުން ރައީސް ސާލިޙްގެ ސަރުކާރުން އަޅުއްވަމުން ގެންދެވި ފިޔަވަޅުތަކަށް ރައީސް ނަޝީދުއާއި އެމަނިކުފާނަށް ތާއިދު ކުރައްވާ ބޭފުޅުން ކުރެއްވި މަލާމާތަށް، ޖެއްސެވި ޖޯކަށް ރައްޔިތުންގެ ފަރާތުން އަމާޒްވި ފަޑުކިޔުންތަކެވެ.
ކޮރޯނާ ވައިރަހަކީ އާދައިގެ ރޯގޯއެއް ކަމަށް ރައްޔިތުންނަށް ވިސްނައި ދިނުމަށް ރައީސް ނަޝީދު މަސައްކަތް ކުރެއްވިއެވެ. ރާއްޖޭގެ ބޯޑަރު ބަންދުކުރަން ނުޖެހޭ ކަމަށާއި ކައުންސިލް އިންތިހާބު ފަސްކޮށް ރައްޔިތުންގެ އާންމު ދިރިއުޅުމަށް އެއްވެސް ބަދަލެއް ގެންނަން ނުޖެހޭ ކަމަށް ވިދާޅުވެ ރައީސް ނަޝީދު އެތައް ވާހަކަތަކެއް ދެއްކެވިއެވެ. ފަހުން ބަސްމަގު ބަދަލު ކުރެއްވީ އިތުރު އެހެން ގޮތެއް ނެތިގެންކަން އެއީ ދެބަސްވެވެން ނެތް ހަގީގަތެކެވެ.
ކޮވިޑް 19 އާ ގުޅުވައިގެން ސަރުކާރުން އަޅުއްވަމުން ގެންދަވަނީ ހަރުދަނާ ފިޔަވަޅުތަކެކެވެ. ވަކި މީހަކަށް ވަކި މީހެއްގެ ދަރިޔަކަށް ނުބައްލަވައި ކަރަންޓީން އުސޫލާއި ބައްޔަށް ޝައްކުކުރެވޭ މީހުން ޓެސްޓުކުރުމުގެ އުސޫލު ރާއްޖޭގައި ތަންފީޒުވަމުން ދަނީ ދިވެހި ތާރީޚުގައި ވެސް އެއްވެސް އުސޫލެއް ގަވައިދެއް ތަންފީޒުނުވާހާ ފުރިހަމަ ގޮތެއްގައިކަން އަޅުގަނޑު ނޫނަސް އެތައް ބަޔަކު އަންނަނީ ބުނަމުންނެވެ.
އެހެންކަމުން މިކަންކަމަކީ ހަމަ ހަގީގަތުގައި ވެސް ރައީސް ނަޝީދުއާއި އެމަނިކުފާނަށް ތާއިދު ކުރައްވާ ބޭފުޅުންނަށް ހަޖަމް ކުރަން ފަސޭހަ ކަމަކަށްނުވިއެވެ. ނަތީޖާއަކަށްވީ މަޖިލީހުގެ ތެރެއިން ސަރުކާރަށް ދަތިކުރަން ފެށުެމެވެ. ހާލަތަށް ބަލައި ކައުންސިލް އިންތިހާބު ފަސްކޮށް މިހާރު ތިބި ކައުންސިލްތަކުގެ ދައުރު ދެންމުމަށް ސަރުކާރުން މަޖިލީހަށް ފޮނުވި ބިލް ރައީސް ނަޝީދު އެމަނިކުފާންގެ އަންބޮނޑިއަށް ލައްވައި ގަދަފައި ވިއްދައިގެން އެކަން ނުކުރަން ހިފީއެވެ. އުސޫލްތައް ބަދަލު ކުރުމުގައި އެކަން ކުރާނެ ގާނޫނީ ނިޒާމް ނުވަތަ އުސޫލް ސަރުކާރަށް ނޭނގޭކަން ދެއްކުމުގެ މަގުސަދުގައެވެ.
ރައީސް ނަޝީދު ބޭނުންފުޅުވާ ގޮތް ނޫން އެހެން ގޮތަކަށް މެޗް އެނބުރިދާނެތީއެވެ. ބަހަނާތައް ދައްކަވައިގެން ސަރުކާރުން ބޭނުންވާ ގޮތަށް ކަން ނުކުރަން ރައީސް ނަޝީދު އުޅުއްވަނީ ހަމަ އެންމެ މަގުސަދަކަށްޓަކައެވެ. ރައީސް ސާލިޙް ފެއިލްކޮށްލުމުގެ މަގުސަދުގައެވެ. ބޭނުމަކީ 2023 ވަނަ އަހަރު ރާއްޖޭގެ ވަރިކަމުގެ ތަހުތައް ވަޑައިގަތުމެވެ.


5 Responses
Hama budhinn visna meehaku gabool kuraane eh vs vahaka eh mi reprt ga meh. V thaakun thaaku nujehay ..
މި ރިޕޯޓް ވ ފުރިހަމަ..މިއީ ހަގީގަތް..ހަޖަމް ކުރަންވެސް އުދަގޫވާނެ..
ޒަމާނުއްސުރެ ބޮޑުންނަށް ވާހަކަ ކިޔައިދީގެން ވައިގަ ޝަރުޢީ ނިޒާމު ގުރުބާންކޮށްގެން އުޅުނު މުނާފިގު ބަޔަކު ރނ އާއިމެދު ޒާތީ ވާހަކަ ލިޔަނީ ދެބޯގެރިދުއްވާށެވެ. ހިންނަވަރު ރއމޞ އަކީ ރނ ގެ ބެސްޓްފްރޭންޑް. ތަޚްތުކިޔައިގެން ޥާހަކަ ދައްކީމަ ތިމާމެން ކޮއިލުތެރޭގަ ކުރީގަ ޖެހި ސަކަރާތް ޖަހަން ވިސްނާހެން ވަރަށް ހީވޭ! ރނ ފިކުރަކީ ޙަޤީޤީ އިސްލާމްދީނުގެ ފިކުރު. އެއީ ގޭގައި ކިޔަވަންތިބޭ ބީރަށްޓެހި ކުދީން ސުފުރާމަތިން އެކަހެރިކުރި ފިކުރުގެ އިނދިކޮޅު. އެއީ އެކުވެރި ރަހްމަތްތެރިޔާއަށް ވެރިކަމުގެ ލަގަން ދޫކޮށްލާ ފިކުރު. އެއީ ބޭބެ ޖަލައްލައިގެން ކޮއްކޮ ވެރިކަންކުރާ ފިކުރެއް ނޫން. އެއީ ރައްޔިތުންގެ ޙައްގުތައް ކުރިޔަށްނެރެ ވެރިކަމުގައި ބަގުޑި ނުބައްދައި ވެރިކަމުގެ ލައްޒަތާއި ޝާނާއި ޝެހެންޝާހު ދޫކޮށްލަންކެރޭ ފިކުރު. މިފުކުރު ތިޔަހެން ބޭރުންދާ ޢަދާވާތްތެރިޔަކަށްވުރެ ބޮޑަށް ރއމޞ ސާފުވާނެ. ވ.ވެދުން.
ޢެމް އެމް އޭ ގެ ގަވަރުނަރު މަޖްލިސްރައީސް އާއެކީ ތިންކް ޓޭންކް ހަދައިގެން ސަރުކާރަށް ލަފާދޭން މިއުޅެނީ ކީއްވެތޯ ބަލާދީބަލަ. މީ ކޮންފިކްޓް އްފް ޢިންޓަރެސްޓް ދޯ
މިއީ ލާރިދީގެން ލިޔާ އާޓިކަލްތައް ހައްތަހާވެސް