ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުރިފަހުން ބައްޔަށް ޕޮޒިޓިވް ވީ ބިދޭސީ މީހާގެ ކޭސް: ބަޔަކު އެކަހެރިކޮށް، 21 މީހެއްގެ ސާމްޕަލް ނަގައިފި

ބިދޭސީމީހާ ޕޮޒިޓިވްވުމާއި ގުޅިގެން 33 މީހަކު އެކަހެރިކޮށް އޭގެ ތެރެއިން 21 މީހާގެ ސާމްޕަލް ނަގައިފި - ފޮޓޯ: މުހައްމަދު ޝަރުހާން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ދެ ރިސޯޓެއްގައި މަސައްކަތް ކުރުމުން އައި ބިދޭސީއެއް އަމިއްލަ ގައުމަށް އެނބުރި ދިޔަ ފަހުން ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވުމާއި ގުޅިގެން އޭނާއާއި ކޮންޓެކްޓުވެފައި ވާ 33 މީހަކު އެކަހެރިކޮށްފައިވާ ކަމަށް ނޭސަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކޮށްފިއެވެ.

ޖޯލި މޯލްޑިވްސް އާއި ރާ ބޮޑުފުށި ރިސޯޓުގައި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން މަސައްކަތް ކުރަމުންދިޔަ މުވައްޒަފެއް ބައްޔަށް ޕޮޒިޓިވް ވީކަން އެނގުނީ އޭނާ އެނބުރި ގައުމަށް ދިޔަފަހުންނެވެ. އެ ދެ ރިސޯޓުވެސް މޮނީޓަރިން ހާލަތަށް ގެނެސް، ހެލްތް ޕްރޮޓެކްޝަން އޭޖެންސީގެ ހާއްސަ ޓީމެއް އަންނަނީ ދެ ރަށުގައި ވެސް ހަރަކާތްތެރިވަމުންނެވެ.

ކޮރޯނާ ވައިރަސްއާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ކަނޑައަޅާފައިވާ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، ބިދޭސީ މީހާ ރާއްޖެއިން ފުރާފައިވަނީ މި މަހުގެ 31 ވަނަ ދުވަހު ކަމަށެވެ. އަދި އޭނާ ފުރައިގެން ދިޔައިރު ބަލީގެ އެއްވެސް އަލާމާތެއް ނެތް ކަމަށެވެ. މަބްރޫކް ވިދާޅުވީ ބިދޭސީ މިހާގެ ކޭސްއާއި ގުޅިގެން 33 މީހަކު މިހާތަނަށް އެކަހެރިކުރެވިފައިވާ ކަމަށެވެ. އެއީ ކޮންޓެކްޓް ޓްރޭސިންއަށް ފާހަގަކުރެވުނު މީހުންކަމުން އަދިވެސް އިތުރު ބަޔަކު އެ ލިސްޓަށް އިތުރުވެދާނެކަން މަބްރޫކް ފާހަގަކުރެއްވިއެވެ.

އެ އެންމެން ވެސް އައިސޮލޭޓުކޮށްފައިވާއިރު އޭގެ ތެރޭގައި ރިސޯޓުގެ މުވައްޒަފުންނާއި، އެ މީހާ ގޮވައިގެން އެއާޕޯޓަށް ދިޔަ ކްރޫއިން އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ގްރައުންޑު ސްޓާފުން އަދި ފްލައިޓް ކްރޫއިން ހިމެނެއެވެ.

ބިދޭސީ މީހާއި ކޮންޓެކްޓު ވެގެން 21 މީހެއްގެ ސާމްޕަލް ވަނީ ނަގާފައެވެ. ނަމަވެސް، އޭގެ އިތުރު ތަފްސީލުތައް ފަހުން ހާމަކުރައްވާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ރާއްޖެއިން މިހާތަނަށް މި ބައްޔަށް ޕޮޒިޓިވްވެފައިވަނީ 19 މީހުންނެވެ. އޭގެ ތެރޭގައި އިނގިރޭސިވިލާތުން އެނބުރި އައި ހަތަރު ދިވެއްސަކު ހިމެނެއެވެ. އެ ހަތަރު ދިވެހިންނަށް ވެލިދޫ އައިސޮލޭޝަން ފެސިލިޓީގައި ދަނީ ފަރުވާ ދެމުންނެވެ. ބައްޔަށް ރާއްޖޭގައި ޕޮޒިޓިވް ވީ ހުރިހާ ބިދޭސީން ވަނީ ފަރުވާދީ ރަނގަޅުވެފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: