ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫ ހަންކެޑެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް!

ޝެއާރކޮށްލާ ކަހަލަދޯ؟

”އައްޑޫ ހަންކެޑެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް“ ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އުފައްދަވައިފިއެވެ.

ރައީސް އެ ކުނފުނި އުފެއްދެވީ ކުންފުނީގެ ޤާނޫނުގެ 15 ވަނަ މާއްދާގައިވާ ގޮތުގެ މަތީންނެވެ. އެ ކުންފުނި އުފެއްދެވިކަން އިޢުލާންކުރައްވާފައިވަނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައިވާ، ނަންބަރު ޤަރާރު 12/2026 ޤަރާރުންނެވެ.

އައްޑޫ ހަންކެޑެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް އުފެއްދެވުމުގެ މައިގަނޑު މަޤްޞަދަކީ، އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް މޮޑެލަކަށް އައްޑު އަތޮޅު ހަންކެޑެ ތަރައްޤީކޮށް، އައްޑޫ އަތޮޅުގައި ފަތުރުވެރިކަމުގެ ސިނާޢަތް އިތުރަށް ފުޅާކުރުމާއެކު، ފަތުރުވެރިކަމުގެ ސިނާޢަތުން ލިބޭ މަންފާ މުޅި އައްޑޫ އަތޮޅަށް ހަމަހަމަކަމާއެކު ފޯރުކޮށްދިނުމެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި އައްޑޫ އަތޮޅުގެ ބައިވެރިވުން އިތުރުކޮށް މި މަޝްރޫޢުގެ ދަށުން ސަރުކާރުން ކަނޑައަޅާފައިވާ އިޤްތިޞާދީ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ރޭވުންތެރިކަމާއެކު ކުރިއަށް ގެންދިއުމެވެ.

އައްޑޫ ސިޓީގެ ހަންކެޑެގައި ފަތުރުވެރިކަމުގެ އާ މަޝްރޫއެއް ހިންގުމަށް އެންވަޔަރަމެންޓް މިނިސްޓްރީއާއި ހަވާލުކުރީ 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހުއެވެ. މި ނިންމެވުމާ ގުޅިގެން، 2021 ވަނަ އަހަރުގެ ޑިސެންބަރު 2 ވަނަ ދުވަހު ނެރުއްވި ރައީސުލްޖުމްހޫރިއްޔާގެ ނަންބަރު 8/2021 ގަރާރު، މިއަދު ނެރުއްވި ނަންބަރު 25/2025 ގަރާރުން ވަނީ އުވާލައްވާފައެވެ. ކުރީގެ ގަރާރުގައިވަނީ ހަންކެޑެ ސަރުކާރުގެ ޓޫރިޒަމް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއް ހިންގާ ސަރަޙައްދެއްގެ ގޮތުގައި ކަނޑައަޅައި، މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނަށް ކުއްޔަށް ދިނުމަށެވެ.

ހަންކެޑޭގައި ފަތުރުވެރިކަން ތަރައްގީކުރުމަށް މީގެ ކުރިން ވެސް އެކި ފަހަރު މަތިން މަސައްކަތްތަކެއް ކުރެވިފައިވެއެވެ. 2005 ވަނަ އަހަރު 100-200 އެނދުގެ ސިޓީ ހޮޓަލެއް ތަރައްގީކުރުމަށް ތޫނޑު ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރެވުނު ނަމަވެސް، އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ނުކުރުމުން 2,500 ޑޮލަރުން ޖޫރިމަނާކޮށް ރަށް އަނބުރާ ނެގިއެވެ.

އޭގެ ފަހުން 2008 އަދި 2013 ވަނަ އަހަރު ދެ ކުންފުންޏަކާ ހަވާލުކުރެވުނު ނަމަވެސް، މަސައްކަތް ކުރިއަށް ނުދިއުމުން 2019 ވަނަ އަހަރު ސިންގަޕޫރުގެ ކްރެސެންޑާޒް ގްރޫޕާއެކު ހެދި އެއްބަސްވުން ވެސް ވަނީ ބާތިލްކުރެވިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: