ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނައިފަރުގެ 45 ހެކްޓަރުގެ ބިން ހިއްކާ ނިންމާލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ޅ. ނައިފަރުގެ ބިން އިތުރުކުރުމަށްޓަކައި ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން، އެ ރަށުން ހިއްކުމަށް ހަމަޖެހިފައިވާ 45 ހެކްޓަރުގެ ބިން މިހާރު ހިއްކާ ނިންމާލައިފިއެވެ.

މިއީ އެ ރަށަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.

ބިން ހިއްކުމުގެ މަސައްކަތް ނިމިފައިވާއިރު، މިހާރު ކުރިއަށްދަނީ ހިއްކި ސަރަހައްދުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތެވެ. އެގޮތުން، މުޅި މަޝްރޫޢުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ 24 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. މިވަގުތު އެންމެ ބާރަށް ކުރިއަށްދަނީ ރަށުގެ ވަށައިގެން ރިވެޓްމެންޓް ޖެހުމުގެ އަމަލީ މަސައްކަތްތަކެވެ.

މި މަޝްރޫޢުގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ރޭވިފައެވެ. އޭގެ ތެރޭގައި 1813 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 803 މީޓަރުގެ ބޭރުތޮށިލުމުގެ އިތުރުން 474 މީޓަރުގެ ގްރޮއިން ޖެހުން ހިމެނެއެވެ. މި މަސައްކަތްތަކާއެކު ހިއްކި ބިން ގިރުމުން ސަލާމަތްކުރެވި، ރަށުގެ އައްސޭރިފަށް ރައްކާތެރިކުރެވޭނެއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކުރާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ޖުމްލަ އަގަކީ 679 މިލިއަނަށްވުރެ ގިނަ ރުފިޔާ އެވެ.

ނައިފަރުގެ ބިން ހިއްކުމުގެ މަސައްކަތް ނިމުމަކީ އެ ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައާއި، އިގްތިސާދީ އެކި ބޭނުންތަކަށް ބިން ބޭނުންވާ މިންވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމެކެވެ. މަޝްރޫޢުގެ ބާކީ ހުރި މަސައްކަތްތައް ނިމުމުން، މި އާ ބިމުގެ ބޭނުން ރަށުގެ ތަރައްގީއަށް އެންމެ ފުރިހަމަ ގޮތުގައި ހިފޭނެ ކަމަށް ބެލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: