ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޯވިޑް-19: ގޭގައި ތިބޭ މިފަދަ ދުވަސްވަރެއްގައި ފޫހިފިލުވައިލަން އިސްވެ ކިޔާ ފޮތަކީ ދިވެހިބަހުން ލިޔެފައިވާ ފޮތަކަށް ހެދުމަށް ދިވެހިބަހުގެ އެކެޑަމީން އިލްތިމާސްކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

 ކޯވިޑް-19 އިގެ ސަބަބުން ގޭގައި ތިބޭ ދުވަސްވަރެއްގައި ފޫހިފިލުވައިލަން އިސްވެ ކިޔާ ފޮތަކީ، ދިވެހިބަހުން ލިޔެފައިވާ ފޮތަކަށް ހެދުމަށް ދިވެހިބަހުގެ އެކެޑަމީން އިލްތިމާސްކޮށްފިއެވެ.

ކޮންމެ އަހަރެއްގެ ވެސް އޭޕްރީލް 14 ވަނަ ދުވަހު ފާހަގަކުރާ ދިވެހިބަހުގެ ދުވަހާއި ގުޅިގެން އެކެޑަމީން ނެރުނު ބަޔާނެއްގައި ބުނީ، މި އަހަރުގެ ބަހުގެދުވަސް މި ދިމާވީ، މުޅި ދުނިޔެއަށް އާލަމީ ވަބާއެއް ކުރިމަތިވެ، ކޯވިޑް-19 އާއި މުޅި ދުނިޔެއާއި ހަނގުރާމަކުރަމުންދާ ދަނޑިވަޅެއްގައި ކަމަށެވެ.

އެކެޑަމީން ބުނީ، މި ވަބާއިން ސަލާމަތްވެ ތިބުމުގެ ގޮތުން، ދުނިޔޭގެ އެކިއެކި ކަންކޮޅުތައް ވަނީ، ފުރަބަންދު (ލޮކްޑައުން) ކޮށްފައިކަމަށާއި، ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާއިން ވެސް އިލްތިމާސްކޮށްފައިވަނީ، އެކަކު އަނެކަކާ އިޖުތިމާޢީ ގައިދުރުކަން ނުވަތަ “ސޯޝަލް ޑިސްޓެންސިންގ” ބެހެއްޓުމަށްކަމަށާއި، އުޅޭއުޅުމުގައި ވެސް ޖިސްމާނީ ގައިދުރުކަން ނުވަތަ ފިޒިކަލް ޑިސްޓެންސިން ބެހެއްޓުމަށްކަމަށެވެ.

މި ގޮތުން، މިފަދަ ދަނޑިވަޅެއްގައި، ގޭގައި އެކަހެރިކޮށްތިބޭއިރު ފޫހިފިލުވައިލަން އިސްވެ ކިޔާ ފޮތަކީ ދިވެހިބަހުން ލިޔެފައިވާ ފޮތަކަށް ހެދުމަށާއި، އެކަކު އަނެކަކާއި ވާހަކަދައްކާ ދެއްކުމުގައި ވެސް، ސާފު ދިވެހިބަހުން ވާހަކަދެއްކުން އިސްކުރުމަށް އެކެޑަމީންވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން، މި އަހަރުގެ ދިވެހިބަހުގެ ދުވަހުގެ ޝިއާރުގައިވާ ފަދައިން، ފޮތްކިޔުމަށް ވެސް އެކެޑަމީން އިލްތިމާސްކޮށްފައިވެއެވެ. މި ގޮތުން، މި ފަހަރުގެ ޝިއާރުގައިވަނީ، “ފޮތް ކިޔުމާއި މުއާމަލާތުކުރުން – އިސްކަން ދިވެހިބަހަށް” މިފަދައިންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: