ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިރިމަރަދޫގެ ރައްޔިތުންނަށް ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ބަޖެޓު ސަރުކާރުން ދީފައެއްނުވޭ: ކައުންސިލް ރައީސް

ޝެއާރކޮށްލާ ކަހަލަދޯ؟

ހދ. ހިރިމަރަދޫގެ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ އަސްލު ބަޖެޓު ސަރުކާރުން ދީފައިނުވާކަމަށް ހަނިމާދޫ ކައުންސިލްގެ ރައީސް އަލީ އިބްރާހިމް ވިދާޅުވެއްޖެއެވެ.

ހިރިމަރަދޫ ރައްޔިތުން ހަނިމާދޫއަށް ބަދަލުވުމުގެ މަރުހަލާ ކުރިއަށްދާއިރު، އިދާރީ ހިންގުމަށާއި ރައްޔިތުންގެ ޚިދުމަތްތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ކައުންސިލް ރައީސް އަލީ އިބްރާހިމް ވިދާޅުވީ، ވޭތުވެދިޔަ ތިން މަސް ދުވަހަށް ވާވަރަށް ސަރުކާރުން ފަސް ލައްކަ ރުފިޔާ ޖަމާކޮށްފައިވީ ނަމަވެސް، އެއީ މުވައްޒަފުންގެ މުސާރައާއި ކުނިކެހުން ފަދަ ޕްރޮޖެކްޓު އުސޫލުން ކުރާ މަސައްކަތްތަކަށް ކަނޑައެޅިފައިވާ ފައިސާ ކަމަށެވެ.

”މިރަށުގެ އަސްލު ބަޖެޓެއް ނުލިބޭ. އަސްލު ބަޖެޓަކީ ލިބޭ އާމްދަނީއާއި އެހުރިހާ އެއްޗެއް އެއްކޮށްތާ ލިބެންޖެހޭނީ. އެހުރިހާ ކަމެއްނުވޭ،“ ކަމަށް އޭނާ ވިދާޅުވިއެވެ.

ހިރިމަރަދޫ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާތީ، މިހާރު އެރަށުގެ އިދާރީ ކަންކަން ބަލަހައްޓަމުންދަނީ ހަނިމާދޫ ކައުންސިލުންނެވެ. މި ބަދަލާއެކު ހަނިމާދޫ ކައުންސިލަށް މާލީ ބޮޑު ތަކުލީފެއް އުފުލަން ޖެހިފައިވާއިރު، ހިރިމަރަދޫގެ މުވައްޒަފުންގެ މުސާރައާއި ޒަރޫރީ ޚަރަދުތަކަށް ހަނިމާދޫ ކައުންސިލްގެ އަމިއްލަ ބަޖެޓުން މިހާތަނަށް 267,000 އަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާކަން ފާހަގަކުރެވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ 18 މަސް ދުވަހުގެ ތެރޭގައި ހިރިމަރަދޫ ރައްޔިތުން ހަނިމާދޫއަށް ބަދަލުކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. އާބާދީއާއި ތަރައްގީ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫއުގައި، ހިރިމަރަދޫގެ ކޮންމެ ގެއަކަށް ހަނިމާދޫން ގެއެއް ދިނުމާއި، ބަދަލުގެ ގޮތުގައި ފައިސާ ދިނުން ހިމެނެއެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ އެޗްޑީސީއާއެވެ.

ހިރިމަރަދޫގެ އާބާދީގައި 589 މީހުން ތިބި ނަމަވެސް، މިހާރު ރަށުގައި ދިރިއުޅެނީ ގާތްގަނޑަކަށް 200 އެއްހާ މީހުންނެވެ. ސަރުކާރުން ބުނެފައިވަނީ މި ހިޖުރަކުރުމަކީ ރައްޔިތުންގެ އެދުމުގެ މަތިން ކުރާ ކަމެއް ކަމަށާއި، އެއްވެސް ރަށެއްގެ ރައްޔިތަކަށް ހިޖުރަކުރަން މަޖުބޫރު ނުކުރާނެ ކަމަށެވެ. ނަމަވެސް ކައުންސިލުން ބުނަމުންދަނީ އިދާރީ ހިންގުމަށް ބޭނުންވާ ބަޖެޓު ނުލިބުމުގެ ސަބަބުން ދަތިތަކެއް ހުރި ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: