ކޯވިޑް-19 އިގެ މި ނާޒުކު ހާލަތާއި ގުޅޭގޮތުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސްއާއި ރޭ މަޝްވަރާކުރައްވައިފިއެވެ.
މި މަޝްވަރާކުރެއްވުމުގައި، ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރަން ރާއްޖެއިން އަޅަމުން އަންނަ ފިޔަވަޅުތަކުގެ ތަފްސީލުތައް އެންޓޯނިއޯއާއި ހިއްސާކުރެއްވިއެވެ.
ރައީސް ވިދާޅުވީ، ކޯވިޑް-19 އިގެ ފުރަތަމަ ކޭސްފެނުމުގެ ކުރިން އެ ކަމަށް ތައްޔާރުވެފައިވާ ކަމަށެވެ. މި ގޮތުން، އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމާއި، ބޯޑަރ ކޮންޓްރޯލް ވަރުގަދަކުރުމާއި، ސްކްރީނިންގ އާއި ކަރަންޓީނުގެ ކަންތައް ހަރުދަނާކުރުން ހިމެނޭކަމަށް ރައީސް ވިދާޅުވެފައިވެއެވެ.
މި ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން، ޢާންމުންގެތެރޭގައި މި ބަލި ފެތުރުން މަހަކަށްވުރެ ގިނަދުވަސްވަންދެން ކޮންޓްރޯލްވެފައިވާކަމަށް ވެސް ރައީސް ވިދާޅުވެފައިވެއެވެ.
ރަައީީސްް ވަނީ އދ. އަށް މި ދަނޑިވަޅުގައި ރާއްޖެއަށާއި ތަރައްގީވަމުން އަންނަ ކުދި ގައުމުތަކަށް ދެވޭނެ އެހީތެރިކަމާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފަ އެވެ.
މީގެ އިތުރުން، ރައީސް ވިދާޅުވީ ހާލަތު ބަދަލުވެ ތިންމީހަކު ޕޮޒިޓިވްވެފައިވީ ނަމަވެސް، އަދިވެސް ސަރުކާރުން އެންމެ އިސްކަމެއްދެމުން އަންނަނީ ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް ކަމަށެވެ.
އެ ހާލަތު ބަދަލުވެ، މާލެއިން ކޮވިޑް-19 ބަލީގެ ތިން މީހަކު ފެނިފައިވިއަސް ސަރުކާރުން އަދި ވެސް އިސްކަން ދެމުން އަންނަނީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ކަމަށް ވިދާޅުވި އެވެ.
އެންޓޯނިއޯއާއި ހިއްސާކުރެއްވި މި ވާހަކަތަކުގެ އިތުރަށް، ރައީސް ވަނީ، މި ހާލަތުގައި އދ. އިން ރާއްޖެއަށާއި ތަރައްޤީވަމުން އަންނަ ކުދި ޤައުމުތަކަށް ވެވިދާނެ އެހީތެރިކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މީގެ އިތުރުން، ރައީސް ވަނީ، ކުދި ފަންތިއާއި، މެދު ފަންތީގެ އާމްދަނީލިބޭ ޤައުމުތަކުގެ އިޤުތިޞާދަށް އައިސްފައިވާ ހީނަރުކަމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އދ. އިން ލޯންޗުކޮށްފައިވާ ”ރެސްޕޮންސް އެންޑް ރިކަވަރީ ފަންޑް“ ގެ އެހީތެރިކަމަށް ވެސް އެފިވަޑައިގެންފައެވެ.
ރައީސް ވަނީ، މުޅި ދުނިޔެ އަށް ކުރިމަތިވެފައިވާ ބަލިމަޑުކަމުން ސަލާމަތްވުމަށް އެންޓޯނިއޯ ކުރައްވަމުން އަންނަ މަސައްކަތް ބަލައިގަނެ ޝުކުރު އަދާކުރައްވާފައެވެ.

