އދ. މަހިބަދޫގައި ފަޅުގައި އަޅާފައިވާ ލޯންޗްތަކެއްގައި ރޯކޮށްލުމުގެ ޒިންމާ އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތުން އުފުލާފައިވާ ކަމަށް، ޓެރަރިޒަމްގެ އަމަލުތައް ދިރާސާކުރާ ސައިޓް އިންޓެލިޖެންސުން ބުނެފި އެވެ.
މަހިބަދޫ ފަޅުތެރޭގައި އަޅާފައި އޮތް ދޯނިތަކުގައި ރޯކޮށްލާފައިވަނީ ބުދަ ދުވަހުގެ ރޭގެ ފަތިހުގެ ވަގުތެއްގައެވެ.
ޓެރަރިސްޓް ޖަމާއަތްތަކުން ދައްކާ ވާހަކަތައް ހާމަކުރަމުން އަންނަ ސައިޓް އިންޓެލިޖެންސުން ބުނީ ފަސް ލޯންޗް އަންދާލި ހަމަލާ ދިނީ އެކަމަށް ތައްޔާރުކޮށްފައިވާ ޑިވައިސްތަކެއް ބޭނުންކޮށްގެން ކަމަށެވެ. އަދި އެވާހަކަ އައިއެސްގެ ނިއުސް ލެޓާއެއްގައި ބުނެފައިވާ ކަމަށެވެ.

