ކޯވިޑް-19 އަށް މާލެއިން އިތުރު ދިވެއްސަކު ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ދެންމެ ކުރި ޓްވީޓެއްގައި ބުނީ، މާލޭގައި ދިރިއުޅޭ ދިވެއްސެއްގެ ފަރާތުން، ކޯވިޑްގެ ޢަލާމާތްތައް ފެނި، ހެދި ޓެސްޓުގެ ނަތީޖާ ޕޮޒިޓިވްވެފައިވާކަމަށެވެ.
މީގެ އިތުރުން އެޗްޕީއޭއިން ބުނީ، މިހާރު އެ މީހާ އައިސޮލޭޝަން ފެސިލިޓީއަކަށް ގެންދިއުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
މި މީހާއާއެކު، މި ވައިރަހަށް މާލެއިން ޕޮޒިޓިވްވި މީހުންގެ ޢަދަދު މިވަނީ އަށަކަށް އިތުރުވެފައެވެ.

