ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭސިޓީގެ އިތުރު ހަތަރުތަނެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފިި

ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭސިޓީގެ އިތުރު ހަތަރުތަނެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

އޮންލައިންކޮށް ރާއްޖޭގައި ކުރިއަށްގެންދާ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، ޑރ. ނަޒްލާ ރަފީޤު ވިދާޅުވީ، މާލޭ ސިޓީން އިތުރު ހަތަރު ތަނެއް މޮނިޓަރިންގެ ހާލަތަށް މިއަދު ގެނެސްފައިވާ ކަމަށެވެ.

އެ ހަތަރު ތަނަކީ، މ. ވީނަސް އާއި، މ. ފްލައިޓުވިއުއާއި، ހ.ޕާރކް ސައިޑާއި، މާލެ ސްކޮއާރ ކަމަށް ޑރ. ނަޒްލާވަނީ ވިދާޅުވެފައެވެ.

މި ހަތަރު ތަން މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާއިރު، ކާށިދޫ މިހާރުވަނީ ލޮކްޑައުންގެ ހާލަތުން ދޫކޮށްލާފައެވެ.

މި ކަން ފާހަގަ ކުރައްވާ، މިއަދުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ޢަޒީޒު ވިދާޅުވީ، ކާށިދޫ ލޮކްޑައުންއިން ދޫކޮށްލީ އައިސޮލޭޝަނަށް ގެންދަންޖެހޭ މީހުން ގެންދިއުމަށްފަހުގައި ކަމަށެވެ.

މީގެ އިތުރުން، މި ވަގުތު މޮނީޓަރިންގެ ހާލަތުގައި ހުރީ ޖުވެލި މޯލްޑިވްސް އާއި، ބޮޑުފުށި ރިސޯޓުގެ ކޮންސްޓްރަކްޝަން ސައިޓާއި، މޯލްޑިވިއާނާ ސަފާރީ ކަމަށް މަބްރޫކްވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: