ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޤައުމީ އިޤްތިޞާދުގެ އިތުބާރު ނަގާލަން އެމްޑީޕީން ކުރާ މަސައްކަތް ހުއްޓާލަން ސައީދު ގޮވާލައްވައިފި

އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު/ މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ މަންފާއެއް ހާސިލުކުރުމުގެ ބޭނުމުގައި ދިވެހިރާއްޖޭގެ ވިޔަފާރިތަކަށް އަމާޒުކޮށް، ޤައުމީ އިޤްތިޞާދުގެ އިތުބާރު ނަގާލުމަށް އިދިކޮޅު އެމްޑީޕީން ކުރަމުންދާ މަސައްކަތްތައް ވަގުތުން ހުއްޓާލުމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ގޮވާލައްވައިފިއެވެ.

މިނިސްޓަރ ސަޢީދު މިކަމަށް ގޮވާލެއްވީ މީސްމީޑިއާ މަންސަ ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައެވެ.

ވަޒީރު ސަޢީދު ވިދާޅުވީ ސިޔާސީ މަޤްޞަދެއް ޙާސިލްކުރުމަށްޓަކައި ރާއްޖޭގެ ވިޔަފާރިތަކަށް ޓާގެޓްކޮށް، ޤައުމީ އިޤްތިޞާދުގެ އިތުބާރު ނަގާލަން އެމްޑީޕީގެ އިސްފަރާތްތަކުން ކުރަމުންދާ މަސައްކަތްތަކަކީ ޤައުމަށް ދެވޭ ބޮޑު ގެއްލުމެއް ކަމަށެވެ. ވަކިން ޚާއްޞަކޮށް ރާއްޖޭގައި ކުރީން ވެރިކަންކޮށްފައިވާ ބައެއް ފަރާތްތަކާއި ނިމިދިޔަ ސަރުކާރުގެ އިސް ބޭފުޅުން މިފަދަ އަމަލުތައް ހުއްޓާލަންޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އެމްޑީޕީގެ ސަރުކާރަށް ފާޑުވިދާޅުވަމުން ސަޢީދު ވިދާޅުވީ ”އެމްޑީޕީއަށް ލިބުނު ފުރުސަތުގައި މިއިން ކަމެއް ރަނގަޅުކުރަން ކުރި އެންމެ ކަމެއްވެސް ދައްކަވާ! ނެތް.“ ކަމަށެވެ. އަދި ނިމިދިޔަ ސަރުކާރުން ވަކި ސުމާރެއް ބަލާނުލާ ފައިސާ ޗާޕުކުރުމަކީ މިހާރު ކުރިމަތިވެފައިވާ އިޤްތިޞާދީ ގޮންޖެހުންތަކުގެ އަޞްލު ނުވަތަ ”ގޯހުގެ ފެށުން“ ކަމަށްވެސް ވަޒީރު ތުހުމަތު ކުރެއްވިއެވެ.

މިހާރުގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ސަޢީދު ވިދާޅުވީ، އިޤްތިޞާދީ ގޮތުން ކުރިމަތިވެފައިވާ ދަތިތައް ފޫބައްދައި، ރައްޔިތުންގެ ބޮލުގައި އެޅިފައިވާ ބޮޑު ދަރަނިން ބައެއް ދައްކައި، ޤައުމަށް އިޤްތިޞާދީ ހަމަޖެހުން ގެނައުމަށް ސަރުކާރުން ނުހަނު ބުރަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

ސަޢީދު އިތުރަށް ވިދާޅުވީ ”ފައިސާ ޗާޕްކުރީ ވަކި ސުމާރެއް ބަލާނުލާ. ގޯހުގެ ފެށުމަކީ އެއީ. އެކަން ފޫބައްދަން މަސައްކަތް ފަށާ، ދިވެހި ރައްޔިތުންގެ ބޮލުގައި އެޅިފައި އޮތް ބޮޑު ދަރަނިން ބައެއް ދައްކާ، ޤައުމަށް ހަމަޖެހުން ގެންނަމުން ދަނިކޮށް އަނެއްކާ ތިޔަ ހައްދަވަނީ އަނެއް ގޯސް.“ ކަމަށެވެ. ސަރުކާރުން އިޤްތިޞާދު ހަމައަކަށް އަޅުވަމުންދާ ދަނޑިވަޅެއްގައި އިދިކޮޅު ފަރާތްތަކުން އިޤްތިޞާދީ ރައްކާތެރިކަން ނަގާލަން މަސައްކަތް ކުރާތީ އެކަމާ ވަޒީރު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: