ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުންނަށް، ފަރުކޮޅުފުށީގައި އަލުން ފަރުވާދޭން ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުންނަށް، ފަރުކޮޅުފުށީގައި އަލުން ފަރުވާދޭން ފަށައިފިއެވެ.

އޮންލައިންކޮށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ.ނަޒްލާ ރަފީޤު ވިދާޅުވީ، ކޯވިޑް-19 އަށް މާލެއިން ޕޮޒިޓިވްވެފައިވާ މީހުންނަށް ފަރުކޮޅުފުށީގައި ފަރުވާދޭން ފަށާފައިވާކަމަށެވެ.

މީގެ އިތުރުން ޑރ.ނަޒްލާ ވިދާޅުވީ، ހުޅުމާލޭ ދެވަނަ ފޭސްއާއި ޖެހިގެން އޮންނަ ފަރުކޮޅުފުށީގައި މިވަގުތު ކަރަންޓީނުކޮށްފައިވާ އެންމެންގެ ހާލުވެސް ރަނގަޅުކަމަށެވެ.

މާލެއިން ޕޮޒިޓިވްވެފައިވާ ދިވެހިންނަށް ފަރުކޮޅުފުށީގައި މިހާރު ފަރުވާދެމުން އަންނައިރު، އެންއޯސީގެ ތަރުޖަމާނު މަބްރޫކް ކުރިން ވިދާޅުވި ގޮތުގައި، ފަރުކޮޅުފުށީގައި ފަރުވާދޭނީ ކޯވިޑް-19 ޖެހިފައިވާ ބަލި މީހުންގެތެރެއިން ހައި ރިސްކްގެ މީހުންނަށެވެ.

މިހާތަނަށް ރާއްޖެއިން ކޮރޯނާ ވައިރަހަށް28 މީހަކު ޕޮޒިޓިވްވެފައިވާއިރު އޭހެތެރެއިން13 މީހުންނަކީ ދިވެހިންނެވެ. އަދި15 މީހުންނަކީ ބިދޭސީންނެވެ. މީގެތެއިން16 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: