ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާފަންނު ސްޓޭޑިއަމް ބިމުގެ މައްސަލަ: އޮއްޕޮގެ ކުންފުނިން ދައުވާ ނަގައިފި

ގައުމީ ޓީމުގެ ކުރީގެ މިޑްފީލްޑަރު މުހައްމަދު ފަޒީލް (އޮއްޕޮ)
ޝެއާރކޮށްލާ ކަހަލަދޯ؟

މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި ހަދާފައިވާ އިމާރާތެއް ހުސްކުރަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އެންގި އެންގުމާ ގުޅިގެން ފިއުޗާ ހޯމްސް އިން ސިވިލް ކޯޓަށް ހުށަހެޅި ދައުވާ އެ ކުންފުނިން އަނބުރާ ނަގައިފިއެވެ.

މި މައްސަލަ އަނބުރާ ގެންގޮސްފައިވަނީ ކޯޓުން ބޭރުގައި ހައްލެއް ހޯދުމަށް ދިން އެއް ހަފުތާގެ މުއްދަތުގައި ދެ ފަރާތުގެ ދެމެދުގައި ކުރެވުނު މަޝްވަރާތަކަށް ފަހުގައެވެ.

މި މައްސަލައަކީ 2023 ވަނަ އަހަރު އެފްއޭއެމް އާއި ފިއުޗާ ހޯމްސްއާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން އުފެދުނު މައްސަލައެކެވެ. އެ އެއްބަސްވުމުގެ ދަށުން ސްޓޭޑިއަމްގެ ބައެއް ސާފުކޮށް ޗޭންޖިން ރޫމެއް ހެދުމުގެ ބަދަލުގައި، އެ ބިން 25 އަހަރަށް ކުއްޔާ ނުލައި ފިއުޗާ ހޯމްސްއަށް ވަނީ ދޫކޮށްފައެވެ.

ފިއުޗާ ހޯމްސް އިން ކުރިން ކޯޓުގައި ބުނެފައިވަނީ، އެފްއޭއެމްގެ އެންގުމާ އެއްގޮތަށް އިމާރާތް ހުސްކޮށްފި ނަމަ އިޔާދަނުކުރެވޭނެ ބޮޑު ގެއްލުމެއް ލިބޭނެ ކަމަށެވެ. އަދި އެފްއޭއެމްގެ މާލީ ހާލަތު މިހާރު ހުރިގޮތުން، ލިބޭ ގެއްލުމުގެ ބަދަލު އެ އެސޯސިއޭޝަނަށް ދެވޭނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށްވެސް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.

މިކަމާ ގުޅިގެން އެފްއޭއެމުން ބުނެފައިވަނީ، އެއްބަސްވުމުގައިވާ ގޮތުގެ މަތިން ގެއްލުމުގެ ބަދަލު ދޭންޖެހޭ ހާލަތެއްގައި އެ ބަދަލު ދިނުމުގެ ގާބިލްކަން އެ އެސޯސިއޭޝަނުގައި ހުންނާނެ ކަމަށެވެ.

ދައުވާ އަނބުރާ ގެންދިޔަ ނަމަވެސް، ކޯޓުން ބޭރުގައި ކުރެވުނު މަޝްވަރާތަކަށް ފަހު ދެ ފަރާތުގެ ދެމެދުގައި އެއްބަސްވުމަކަށް އާދެވުނީ ކޮން ކަންތައްތަކެއްގެ މައްޗަށް ކަމެއް އަދި މިހާތަނަށް ސާފުވެފައެއް ނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: