ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިދިކޮޅުން ފަތުރާ ވާހަކައިގެ މައްޗަށް އިސްކުރަންވީ ގައުމު، އެއީ އަމިއްލަ އެދުމުގެ ބައެއް: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ ބައެއް ފަރާތްތަކުން ގައުމީ މަސްލަހަތަށްވުރެ އަމިއްލަ އެދުން އިސްކޮށް، ގައުމުގެ މަސްލަހަތު ދޫކޮށްލުމަށްފަހު ފަތުރަމުންދާ ވާހަކަތަކަށް ދިވެހި ރައްޔިތުން ސަމާލުވެ، އަމިއްލަ ބުއްދިން ކަންކަމާއި މެދު ވިސްނަން ޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީން މިރޭ އއ. އުކުޅަސްގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، ދުނިޔޭގެ ޑިމޮކްރަސީ ހަރުދަނާ ގައުމުތަކުގައި ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ގައުމަށް ފައިދާހުރި ކަންކަމުގައި އެއްބަސްވާ ކަމަށެވެ. ނަމަވެސް ރާއްޖޭގައި މިހާރު ފެންނަނީ އެއާ ހިލާފު މަންޒަރެއްކަން ފާހަގަކުރައްވައި، އިދިކޮޅު ފަރާތްތަކުން ޒިންމާދާރުކަން އިސްކުރުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، ޒިންމާދާރު އިދިކޮޅު ފަރާތެއް ނަމަ ސަރުކާރުގެ ކަންކަމަށް ފާޑުކިޔާނީ އެއަށްވުރެ ރަނގަޅު ގޮތްތައް ހުށަހަޅަމުންނެވެ. ނަމަވެސް މިހާރު ފެންނަނީ އެއްވެސް އިހުލާސްތެރިކަމެއް ނެތި ގައުމު ހަލަބޮލިކުރަން މަސައްކަތްކުރާ މަންޒަރުކަމަށް އެމަނިކުފާނު ސިފަކުރެއްވިއެވެ. ދިވެހި ރައްޔިތުންނަކީ ތައުލީމީ ބައެއްކަން ފާހަގަކުރައްވައި، ކޮންމެ މީހަކުވެސް އަމިއްލަ ބުއްދިން ވިސްނައި، ސިޔާސީ ފަރާތްތަކުން ފަތުރާ ނުބައި އޮއިވަރުގައި ނުޖެހުމަށް އެދޭ ކަމަށެވެ.

އަޅުގަނޑުމެންގެ ގައުމުގައި މިހާރު ފެންނަނީ ގައުމު އިސްނުކުރާ ތަން. ސަރުކާރުން ރައްޔިތުންނަށް ރަނގަޅު ކަމެއް ކޮށްދޭ ނަމަ، އެކަމަށް އިދިކޮޅު ފަރާތްތަކުން އެއްބާރުލުން ދޭންޖެހޭނެ. އެއީ ޒިންމާދާރު ސިޔާސީ ހަރަކާތަކީ

މީގެ އިތުރުން، މި ސަރުކާރުގެ އެންމެ ބޮޑު ކާމިޔާބީއަކީ ގައުމުގައި ގާއިމުކޮށްފައިވާ ސިޔާސީ ހަމަޖެހުންކަމަށް ރައީސް ވިދާޅުވި އެވެ. މީގެ ކުރިން ފެނުނު ފަދަ ބަދަލުހިފުމުގެ އެއްވެސް ރޫހެއް މި ސަރުކާރުން އިސްނުކުރާކަމަށާއި، އަދި އެފަދަ އަމަލެއް ނުވެސް ފެންނާނެކަމަށް ރައީސް ވިދާޅުވި އެވެ. އަދި ވިދާޅުވީ ސިޔާސީ އެއްވެސް ލީޑަރަކަށް ނުވަތަ ހަރަކާތަކަށް ގާނޫނީ އިމުގެ ތެރެއިން އެއްވެސް ހުރަހެއް ނެތް ކަމަެވެ.

ރައީސް ވިދާޅުވީ ގައުމުގެ ހަމަޖެހުން ގެއްލުވާލައިފިނަމަ، އަންނަން އޮތް ޖީލުތަކުގެ މުސްތަގުބަލަށް އޮތް އުއްމީދު ގެއްލިގެންދާނެ ކަމަށެވެ. އެހެންކަމުން، ސިޔާސީ ހުރިހާ ތައައްސަބެއް އެއްކައިރިކޮށް، ގައުމީ ވިސްނުމުގައި ސަރުކާރާއެކު ކުރިއަށް ދިއުމަކީ މިއަދު ގައުމަށް އެންމެ ފައިދާހުރި ގޮތްކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: