ލޮކްޑައުންގެ ހާލަތުގައި މާލޭގެ މަގުތަކަށް ނިކުމެ އުޅުނު 76 މީހުން އެންމެ ހަތް މިނެޓުތެރޭގައި ފުލުހުން ހައްޔަރުކޮށްފިއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މަބްރޫކް ޢަޒީޒު ވިދާޅުވީ، މިރޭ 20:37 ގައި ފުލުހުން ފަރާތުން އެކަމާގުޅޭ މަޢުލޫމާތު ހޯއްދަވާފައިވާ ކަމަށެވެ.
މި ގޮތުން ފުލުހުންނާއި ހަވާލާދެއްވައި މަބްރޫކް ވިދާޅުވީ، 20:30 ފެށިގެން 20:37 އާއި ދެމެދުގައި ވީ ވަގުތުކޮޅުގެތެރޭގައި 74 މީހަކު ފުލުހުންގެ ބެލުމެދަށަށް ގެންގޮސްފައިވާކަމަށާއި، އެއީ މިނެޓަކު ހަތް މީހުންނަށްވުރެ ގިނަ ޢަދަދެއްކަމަށެވެ.
މި ޢަދަދަށް މީހުން ހައްޔަރުކޮށްފައިވާއިރު، މިރޭ 20:30 އިން ފެށިގެން މަގުމަތީގައި އުޅޭ މީހުންނާމެދު ފިޔަވަޅު އަޅާނެކަމަށް ފުލުހުންވަނީ ބުނެފައެވެ.
މި ގޮތުން ޖޫރިމަނާކުރުމާއި ހައްޔަރުކުރުންފަދަ ފިޔަވަޅުތައް އަޅާނެކަމަށް ފުލުހުން ވަނީ ބުނެފައެވެެ. މިި ގޮޮތުުންް، ޒަަރޫޫރީީ ބޭނުންތައް ފިޔަވައި، އެހެނިހެން ކަންކަމުގައި މަަގުމައްޗަށް ނިކުމެއުޅޭނަމަ ފުރަތަމަ ފަހަރު 1000 ރުފިޔާއިން ޖޫރިމަނާ ކުރާނެކަމަށް ފުލުހުންވަނީ ބުނެފައެވެ. ނަމަވެސް ދެވަނަފަހަރު ނިކުމެއްޖެނަމަ ޤާނޫނުލްއުޤޫބާތުގެ 533 ވަނަ މާއްދާގެ ދަށުން އެ މީހަކު ހައްޔަރުކުރާނެކަމަށް ފުލުހުން ބުނެއެވެ.

