ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑައިރެކްޓު ކޮންޓެކްޓުވީ އިތުރު ދިވެއްސެއް ބައްޔަށް ޕޮޒިޓިވް، ޖުމްލަ އަދަދު ނުވަޔަކަށް!

މާލޭއިން ކޮރޯނާ ވައިރަސްގެ ކޮމިއުނިޓީ ސްޕްރެޑްއެއް
ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިޔޭގެ އެކި ގައުމުތަކުގައި ބާރު ސްޕީޑެއްގައި ފެތުރެމުންދާ ކޮރޯނާ ވައިރަސްގެ ކޮމިއުނިޓީ ސްޕްރެޑްއެއް ވެރިރަށް މާލެއިން ފެނި ކޭސް 27 އާއި ޑައިރެކްޓު ކޮންޓެކްޓުވީ ދިވެއްސަކު ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

ބައްޔަށް އަލަށް ޕޮޒިޓިވް ވެފައިވާ މީހާއަކީ، ކޭސް 27 ގެ ގޮތުގައި ފާހަގަކޮށްފައިވާ މީހާގެ ޑައިރެކްޓު ކޮންޓެކްޓެކެވެ. އެއީ އެއާޕޯޓުގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފެވެ. އަދި އެއާޕޯޓުގެ އެ މުވައްޒަފަކީ މީގެ ކުރިން ޕޮޒިޓިވް ވި އެއްވެސް ކޭސްއަކާއި ގުޅުމެއް ނެތް އާ ކަލަސްޓާއެކެވެ.

އެޗްޕީއޭއިން ބުނެފައިވަނީ، ބައްޔަށް ޕޮޒިޓިވް ވި މީހާ މިހާރު އައިސޮލޭޝަން ފެސިލިޓީއަކަށް ގެންދެވިފައިވާ ކަމަށެވެ. 

ޕޭޝަންޓް 27 ފްލޫ ކްލިނިކަށް ގޮސްފައިވަނީ ބުރާސްފަތި ދުވަހުގެ ރެއެވެ. 

https://twitter.com/HPA_MV/status/1251242940799819788

ފްލޫ ކްލިނިކްއަށް ދެއްކުމަށްފަހު، ޝައްކުވާ އަލާމާތްތަކެއް ހުރެގެން ބައްޔަށް ޓެސްޓު ކުރުމަށް ފަހު މާލެ ތެރޭގައި ބަލި އުޅޭކަން އެނގިފައި ވަނީ ބުދަ ދުވަހުއެވެ. އަދި އޭނާ އާ އެކި ގޮތް ގޮތުން ކޮންޓެކްޓު ވެގެން 207 މީހަކު ފާހަގަވެފައި ވާއިރު ކުރިޔަށް އޮތް ތަނުގައި އެ އަދަދު އިތުރު ވެގެން ދާނެ ކަމަށް ލަފާ ކުރެވެއެވެ. އަދި އޭނާއި ކޮންޓެކްޓު ވެގެން މިހާތަނަށް ދެ މީހަކު ބައްޔަށް ޕޮޒިޓިވް ވެފައި ވެއެވެ. އަދި އެނާގެ ކޮންޓެކްޓުންގެ ތެރެއިން ވެސް ދެ މީހަކު ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ.

މާލޭން ފެނުނު ފުރަތަމަ މީހާ އަށް ފަހު ދެން ފެނުނު ފަސް މީހުންނަކީ ވެސް ސީދާ ކޮންޓެކްޓް ވެފައިވާ މީހުންނެވެ. އެހެންވެ އެއީ އެއް ކުރިޔަކަށް ނިސްބަތްވާ ހަ މީހުންނެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: