ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިހާރުވެސް މަޖިލީހުގައި ޒުވާނުން އެބަ ތިބި، ޒުވާނުންނަށް އިންތިޚާބީ މަޤާމުތަކަށް އައުން ދައްޗެއްނޫން: ހަސަން ލަތީފް

ފޮޓޯ: އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ’ބޮޑު ބަދަލު‘ އޮފީހުގެ ޑިރެކްޓަރ ޖެނެރަލް ހަސަން ލަތީފް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގައި ޒުވާނަކަށް ވީތީވެ އިންތިޚާބީ މަޤާމުތަކަށް އައުން ދަތި ނޫންކަމަށާއި މިހާރުވެސް މަޖިލީހުގައި ގިނަ އަދަދެެއްގެ ޒުވާނުން އެބަ ތިބިކަމަށްއެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.

ޤާނޫނު އަސާސީއަށް 18 އަހަރު ފުރުމާއި ގުޅިގެން ސަންގަށް ދެއްވި އިންޓަވިއުއެއްގައި ހަސަން ލަތީފު ވިދާޅުވީ، މިއަދު ރާއްޖޭގައި ޒުވާނުންނަށްވެސް ސިޔާސީ އަދި އިންތިޚާބީ މަޤާމުތަކަށް އައުމުގެ ފުރުސަތު ކުރިއާއި ޚިލާފަށް އެބައޮތްކަމަށެވެ.

އެގޮތުން މިހާރު ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި މެމްބަރުންގެ ތެރެއިން ޒުވާނުން މަދެއް ނޫންކަމަށާއި މިހާރު ރައްޔިތުންގެ މަޖިލީހަށް ކަމަށް ވިޔަސް އަދި ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ވިޔަސް ޒުވާނުންނަށް އެފުރުސަތު މިހާރު ރާއްޖޭގައި އެބައޮތްކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރާއްޖޭގައި މިހާރު ސިޔާސީ މަޤާމުތަކަށް ޒުވާނުން އައަޔަނުކުރުމަކީ ”ޓްރެންޑީ“ ކަމެއްކަމަށެވެ.

”މިހާރު ރާއްޖޭގައި ޒުވާނަކަށް ވީތީވެ އިންތިޚާބީ މަޤާމުތަކަށް އައުމަކީ ދައްޗެއް ނޫން. ރާއްޖޭގައި މިހާރު ސިޔާސީ މަޤާމުތަކަށް ޒުވާނުން އައަޔަނުކުރުމަކީ ”ޓްރެންޑީ“ ކަމެއް. ހަސަން ލަތީފު

އޭނާ ވިދާޅުވީ މަޖލީހުގައި މިވަގުތުވެސް ޒުވާން މެމްބަރުން ގިނަ ކަމަށާއި އަދި ބައެއް ޙާލަތްތަކުގައި ވަކި ފަރާތްތަކަކަށް އިސްކަން ދިނުމަކީވެސް ޤާނޫނު އަސާސީއާއި ހިލާފުވުން ނޫންކަމަށެވެ. ޒުވާނުންގެ އިތުރުން މަޖިލީހަށް އަންހެން ބޭފުޅުންވެސް އިތުރުކުރުމަކީ މުހިންކަމެއް ކަމަށާއި އެކަމާޢިމެދު އެއްވެސް ޝައްކެތްނެތް ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ނިމިދިޔަ 19 ވަނަ މަޖިލީހުގައިވެސް އަންހެން މެމްބަރުން މަދުކަމަށާއި އަދި މިހިނގާ މަޖިލީހުގައިވެސް އަންހެން މެމްބަރުން މަދުކަމަށް އޭނާ ވިދާޅުވިއެވެ. 93 މެމްބަރުން ތިއްބަވާ މަޖިލީހެއްގައި ތިނެއް ނޫނީ ހަތަރު އަންހެން މެމްބަރުން ތިބުމަކީ ނިސްބަތުން ކުޑަ އަދަދެއް ކަމަށް އޭނާ ވިދާޅުވިއެވެ.

”93 މެމްބަރުންގެ ތެރެއިން 3 އަންހެން މެމްބަރުން ތިއްބެވުމަކީ ނިސްބަތުން ވަރަށް ކުޑަ އަދަދެއް، ވަކި މުއްދަތަކަށް ކޯޓާއެއް ދީގެން ނަމަވެސް ނުވަތަ ސީޓް ތަކެއް އެލޮކޭޓްކޮށްގެން ނަމަވެސް އަންހެނުން މަޖިލީހަށް އިންތިހާބުކުރަންޖެހޭ“ ހަސަން ލަތީފް

އެހެންކަމުން ވަކި މުއްދަތަކަށް ކޯޓާއެއް ދީގެން ނަމަވެސް ނުވަތަ ސީޓް ތަކެއް އެލޮކޭޓްކޮށްގެން ނަމަވެސް  މިކަމަށް ހައްލެއް ގެނެސް އަންހެނުން މަޖިލީހަށް އިންތިހާބުކުރަންޖެހޭކަމަށް ވިދާޅުވިއެވެ. އަދި މިކަމުގެ ފޯމިއުލާއަކީ މަޝްވަރާ ކުރުން ކަމުގައި އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: