ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕާމް ޕެސްޓް ބައިއޮލޮޖިކަލް ކޮންޓްރޯލް ޕެރަސައިޓޮއިޑް ރީއާރިން ސެންޓަރު ރަސްމީކޮށް ހުޅުވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ރުއްތަކަށް ގެއްލުންދޭ ކުދި ރުކުމަޑި (ކޮކޮނަޓް ހިސްޕިޑް ބީޓްލް) ކޮންޓްރޯލް ކުރުމަށްޓަކައި، ޤުދުރަތީ ގޮތުން އެފަދަ ސޫފިތަކަށް ހަމަލާދޭ ފަނިފަކުސަ އާލާކުރާ ”ޕާމް ޕެސްޓް ބައިއޮލޮޖިކަލް ކޮންޓްރޯލް ޕެރަސައިޓޮއިޑް ރީއާރިން ސެންޓަރު“ ރަސްމީކޮށް ހުޅުވައިފިއެވެ.

ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި ޤާއިމުކޮށްފައިވާ މި ސެންޓަރު ހުޅުވައިދެއްވީ މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމްއެވެ.

މި ރަސްމިއްޔާތުގައި ޗައިނާއިން ރާއްޖެއަށް ކަނޑުއަޅުއްވާފައި ހުންނަވާ ސަފީރު ވަންގް ލިޒިންގެ އިތުރުން ވުޒާރާގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މިއީ ޗައިނާ ސަރުކާރާއި ދަނޑުވެރިކަމާ ބެހޭ ވުޒާރާ ގުޅިގެން ކުރިއަށް ގެންދާ ’މޯލްޑިވްސް ކޮކަނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އެސިސްޓެންސް ޕްރޮޖެކްޓް‘ ގެ ދަށުން ޤާއިމުކުރި ސެންޓަރެކެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރާއި ޗައިނާގެ މިނިސްޓްރީ އޮފް ކޮމާސްއާ ދެމެދު ސޮއިކޮށްފައިވަނީ 14 ޖުލައި 2025 ގައެވެ.

މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ރުއްތަކަށް ޖެހޭ ބަލިތަކާއި ގެއްލުންދޭ ޕެސްޓްތައް ދެނެގަނެ، ތިމާވެއްޓާ ރައްޓެހި ގޮތެއްގައި އެފަދަ ބަލިތައް ދެމެހެއްޓެނިވި ގޮތެއްގައި ކޮންޓްރޯލް ކުރެވޭނެ ނިޒާމެއް ޤާއިމުކުރުމެވެ. މި ސެންޓަރުގައި ދުވާލެއްގެ މައްޗަށް އެއްލައްކަ ޕެރެސިޓޮއިޑް (ޕެސްޓަށް ޙަމަލާދޭ ސޫފި) އާލާކުރުމުގެ ޤާބިލުކަން ހުންނާނެއެވެ. މިގޮތަށް އާލާކުރާ ސޫފިތައް ދޫކުރާނީ ބަލިޖެހިފައިވާ ސަރަޙައްދުތަކަށެވެ.

ކޮކޮނަޓް ހިސްޕިޑް ބީޓްލް ރާއްޖެއިން އެންމެ ފުރަތަމަ ފެނިފައިވަނީ 1999 ވަނަ އަހަރުގެ ޑިސެންބަރު މަހު އަރިއަތޮޅު ސަން އައިލެންޑް ރިސޯޓުންނެވެ. އޭގެ ފަހުން 2000 ވަނަ އަހަރުން ފެށިގެން މި ޕެސްޓް ނައްތާލުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. އެގޮތުން 2003 ވަނަ އަހަރު އދ. ގެ ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަން (FAO) އާ ގުޅިގެން ޚާއްޞަ މަޝްރޫޢެއް ވެސް ވަނީ ހިންގާފައެވެ.

މިހާރުވެސް ރާއްޖެއަށް ރުއް އެތެރެކުރުމުގެ އުޞޫލުތައް ހަރުދަނާކުރުމާއި، ރަށްރަށުގެ މެދުގައި ރުއް އުފުލުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަން ކައުންސިލްތަކާ ހިއްސާކުރުމުގެ އިތުރުން ކަރަންޓީންގެ މިންގަނޑުތައް ދަނީ ތަންފީޒުކުރަމުންނެވެ. ނަމަވެސް ރުއްތަކަށް ޖެހޭ ބަލިތައް ކޮންޓްރޯލްކުރުމުގައި ގޮންޖެހުންތަކެއް ހުރުމާއެކު، އަލަށް ހުޅުވުނު މި ސެންޓަރުގެ ސަބަބުން މިފަދަ ބަލިތައް ދެމެހެއްޓެނިވި ގޮތެއްގައި ނައްތާލުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: