ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގެއްލުނު 3 މީހުން ހޯދުމަށް ބޭރުގެ އެހީ ހޯދަނީ

ކޯސްޓްގާޑުގެ އުޅަނދެއް-- ފޮޓޯ: އެމްއެންޑީއެފް
ޝެއާރކޮށްލާ ކަހަލަދޯ؟

މިމަހުގެ 5 ވަނަދުވަހު ހުވަދޫ ކަނޑަށް ގެނބުނު ދޯންޏާއި އެ ދޯނި ދިޔަކުރުމުގެ މަސައްކަތްކުރަނިކޮށް ގެއްލުނު މީހުން ހޯދުމުގެ މަސައްކަތުގައި އެކުވެރި ގައުމުތަކުގެ އެހީތެރިކަން ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ސަރުކާރުން ބުނެފިއެވެ.

”ފްރެންޑްސް-4“ އުޅަނދު ޣަރަގުވި ހާދިސާއާ ގުޅިގެން ދިފާއީ ވުޒާރާއާއި، ގައުމީ ދިފާއީ ބާރާއި ދާހިލީ ސަލާމަތާ ބެހޭ ވުޒާރާއާއި ފުލުހުންގެ ހިދުމަތާ ގުޅިގެން ވަރަށް ގާތުން މަސައްކަތް ކުރަމުންދާކަމަށް ހާރިޖީ ވުޒާރާއިން ވަނީ ބުނެފައެވެ. އެގޮތުން ގެންލުނު މީހުން ހޯދުމުގައި ފަންނީ އެހީތެރިކަން ހޯދުމަށް ދޭދޭ ދައުލަތްތަކާއެކު މަޝްވަރާކުރަމުންދާ ކަމަށް އެވުޒާރާއިން މައުލޫމާތުދެއެވެ.

މިދިޔަ ބުދަ ދުވަހުގެ ރޭ ހިލަ އާއި ހިލަވެލި ބަރުކޮށްގެން ތ. އަތޮޅުން ފުރައިގެން ދިޔަ ”ފްރެންޑް 4“ ސަޕްލައި ދޯންޏަށް ރާޅު އަޅައި ދިޔަވެ އަޑިއަށް ދިޔައީ ގއ. ކޮލަމާފުށީގެ އިރުއުތުރުން 8 ނޯޓިކަލް މޭލު ބޭރުންނެވެ.

ލ. އަތޮޅުން ފުރައިގެން ހުވަދޫ އަތޮޅަށް ދަތުރު ކުރަމުން ދަނިކޮށް ބަންޑުން ޖަހާލައި އަޑިއަށްދިޔަ ”ފްރެންޑް 4“ ނަމަކަށް ކިޔާ ސަޕްލައި ދޯނިން ގެއްލުނު މީހުން ހޯދުމަށް މިހާތަނަށް ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށާއި އަދި އެމީހުން ފެނިފައިނުވާކަމަށް އެމްއެންޑީއެފުންވެސްވަނީ ބުނެފައެވެ.

އެމްއެންޑީއެފުން އެންމެ ފަހުން ހިއްސާކޮށްފައިވާ މައުލޫމާތަށް ބަލާއިރު ވައިގެ މަގުން 6112 އަކަ ނޯޓިކަލް މޭލު، ކަނޑުމަގުން 1370.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާކަމަށް މައުލޫމާތުދެއެވެ. އެހެންނަމަވެސް މިހާތަނަށް ކުރެވުނު މަސައްކަތުން އަދި އެމީހުން ފެނިފައިނުވާކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

”މިހާތަނަށް ކުރެވުނު މަސައްކަތުން ގެއްލުނު މީހުން އަދި ފެނިފައެއް ނުވޭ“ ފުލުހުން

ގެއްލުނު ތިން މީހުން ވެސް ދިޔައީ ދޯނީގެ ވަތަށް އެރި ދިޔަ ހިއްކުމުގެ މަސައްކަތް ކުރަމުންކަމަށް މައުލޫމާތުލިބިފައިވާއިރު އެމްއެންޑީއެފްއިން ލަފާކޮށްފައިވާ ގޮތުގައި ސަޕްލައި ދޯނި ބަންޑުން ޖަހާލައި އަޑިއަށްދިޔަ ސަރަހައްދުގެ ފުންމިނުގައި، ގާތްގަޑަކަށް 1645 މީޓަރު ނުވަތަ 1.6 ކިލޯމީޓަރު ހުންނާނެއެވެ.  އެއީ ޑައިވްކޮށްގެން ދޯންޏާ ހިސާބަށް ވުރެ ދެވޭ ވަރަށް ވުރެ ފުން ސަރަހައްދެކެވެ.

އެމްއެންޑީއެފްއިން ބުނެފައިވާ ގޮތުގައި، އެ ދޯނި ދިޔަވާކަމުގެ މައުލޫމާތު ލިބިގެން އެ ސަރަހައްދަށް ގޮސް، ދޯނީގެ މީހުން ސަލާމަތްކުރުމަށް ޓަކައި ދޯންޏަށް އަރާ ހަރަކާތްތެރިވެފައިވަނީ، އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް އިބްރާހީމް އަހްމަދާއި، ސާޖަންޓް އަސްރާރު އަލީއާއި އެމްއެންޑީއެފްގެ އޮގްޒިލަރީ ފަޔަރމަން، އަބްދުﷲ ޝަފީގާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގައި މަސައްކަތް ކުރައްވާ، ސާޖަންޓް އަލީ ނާފިއުގެ އިތުރުން ސާޖަންޓް އަލީ ސައިފެވެ.

އެ ހާދިސާ ހިނގި ވަގުތު ދޯނީގައި ތިބި 8 މީހުންގެ ތެރެއިން 7 މީހަކު ސަލާމަތްކުރެވިފައި ވާއިރު، ގެއްލިފައިވަނީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގައި މަސައްކަތް ކުރައްވާ، ސްޓާފް ސާޖަންޓް އިބްރާހީމް އަޙްމަދާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގައި މަސައްކަތް ކުރައްވާ، ސާޖަންޓް އަލީ ނާފިއުގެ އިތުރުން ދޯނީގެ ކެޕްޓަން މުހައްމަދު ހަމްދޫނެވެ.

ގެއްލިފައިވާ ތިން މީހުން ހޯދުމަށް އެމްއެންޑީއެފާއި ފުލުހުން ގުޅިގެން ހިންގަމުންދާ އޮޕަރޭޝަނުގައި ކަނޑާއި ވައިގެ މަގުން ބޮޑު ސަރަހައްދެއް ވަނީ ބަލާފައެވެ. އެގޮތުން ވައިގެ މަގުން 6112 އަކަ ނޯޓިކަލް މޭލު، ކަނޑުމަގުން 1370.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: